logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނިޝާމާގެ ގާތިލުކަމަށް ތުހުމަތުކުރެވޭ ފައިސަލް މަރުވެއްޖެ

ހދ. ނޮޅިވަރަމްގައި މިދިޔަ ހޮނިހިރުދުވަހު މަރާލި އެރަށު ހިތަށް ފިނިވާގޭ ނިޝާމާ މުހައްމަދު، 28، ގެ ގާތިލުކަމަށް ތުހުމަތުކުރެވޭ އދ. ފެންފުށި ރޯޒްވިލާ، އަބޫ ބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހުުމުން، އޭނާއަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ފައިސަލް މަރުވީ މިއަދު 8:28 ގައި ކަމަށެވެ. އޭނާ މަރުވީ ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅީގައ ިދަންޖެހުމުގެ ސަބަބުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޝާމާގެ މަރާ ގުޅިގެން ފައިސަލް ހައްޔަރުކުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އޭނާ އަމިއްްލައަށް ދިއަތާ އެތައް އިރެއް ފަހުން، ކޯޓުއަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި އޭނާ ދަންޖެހެން މަސައްކަތްކުރަނިކޮށް ފެނުނީ އެރޭ 11:15 ހާއިރު ކަމަށެވެ.

ނިޝާމާގެ ގާތިލަކީ އޭނާގެ ފިރިމީހާ ފައިސަލް ކަަމަށް ނިޝާމާގެ އާއިލާއިން ތުހުމަތު ކުރެ އެވެ. އެއީ ނިޝާމާ ހަބަރު ހުސްވެފައި އޮއްވާ ފައިސަލް ފުރައިގެން ކުޅުދުއްފުއްޓަށް ދިއުމާއި މަރުވެފައި އޮތް އިރު ނިޝާމާގެ މޫނު ނޫފައިގެންފައި އޮތުން ފަދަ ކަންތަތަކާ ހެދި އެވެ. ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ އާއިލާއިން އެކަމާ ދެކޮޅެވެ. އެހެން ނަމަވެސް މަރެއް ތަހުގީގުކުރަން ޖެހޭ ހާލަތުގައި އާއިލާއިން ނުރުހުނަސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ގާނޫނީ ގޮތުން މިހާރު ފުލުހުންނަށް އޮވެ އެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *