logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލ. އަތޮޅުގެ ގުދުރަތީ ރައުސްމާލު ބަލައި ހިސާބުކުރަނީ

ލ.އަތޮޅުގައި ހުރި ތިމާވަށީގެ ގޮތުން މުހިންމު ތަންތަން ދެނެގަނެ، ހިސާބު ކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް ސިޑްނީ އިން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެއީ އެ މިނިސްޓްރީން ހިންގާ "އެންދެވި ޕްރޮގްރާމް"ގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ

ދެއަހަރު ދުވަހުގެ އެ އެއްބަސްވުމުގެ ދަށުން ލ. އަތޮޅުގައި ތިމާވަށީގެގޮތުން މުހިންމުތަންތަން ދެނެގަނެ ހިސާބުކިތާބު (ނެޗަރަލް ކެޕިޓަލް އެކައުންޓިންގް) ކުރުމުގެ އަމަލީމަސައްކަތް އަންނައަހަރު ފަށާނެއެވެ. ދިރާސާގެ މައިގަނޑު މަގުސަދަކީ މި ސަރަހައްދުގެ ގުދުރަތީ ރައުސުލްމާލު ދެނެގަނެ އެތަންތަނުގެ އަދަދު ބަލައި ރެކޯޑް ކުރުމާއި އެ ތަންތަން ބޭނުން ކުރެވެމުންދާ ގޮތާއި މިންވަރު ދެނެގަނެ، މާހައުލީ ނިޒާމުތަކުން ލިބެން އޮތް ފައިދާތައް ބެލުމެވެ.

ލ. އަތޮޅަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ތަންތަން ހުރި އަތޮޅެކެވެ. ލ. ގަމުގައި އޮންނަ "ޕަރީ ފެންގަނޑު" ނަމަކަށް ކިޔާ ކުޅިއާއި މާބައިދޫ ކޯރަކީ އެގޮތުން ފާހަގަކޮށްލެވޭ ދެތަނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *