logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނާސިންގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަން ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި

ނާސިންގެ ދާއިރާއިން ރާއްޖޭން ބޭރުން، މާސްޓާސް  ޑިގްރީ ހަދަން 15 ސްކޮލަޝިޕް ފުރުސަތެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮުތުން ނާސިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހެދުމުގެ ސްކޮލަޝިޕް ފުރުސަތުތައް ހާއްސަކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހިމެނޭ ގޮތުން އަށް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހުންނަށެވެ.

އެމިނިސްޓްރީއިން ބުނި ގޮތުގައި ނާސިން ދާއިރާއިން މާސްޓާސް ހަދަން، ސަރުކާރުން ހުރިހާ ހަރަދުތަކެއް ކުރާ ގޮތަށް ދޭ އެ ސްކޮލަޝިޕްތަކުގައި ކިޔެވޭނީ  ސާކްގެ ގައުމެއްގައި ނުވަތަ މެލޭޝިއާ، ފިލިޕީންސްގެ ޔުނިވާސިޓީތަކުންނެވެ. އެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ގެ އެއް ޝަރުތަކީ ނާރސިންގް ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލް ކޮށްފައިވުމެވެ. މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމަށް ވުމަކީ ވެސް އެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ޝަރުތެކެވެ.

 

ސްކޮލަޝިޕް ފުރުސަތު ލިބޭ ހޮސްޕިޓަލްތައް

  • އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • ހުޅުމާލެ ހޮސްޕިޓަލް / 2 ޖާގަ
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • މ. މުލީ ރީޖަނަލް ހޮސްޕިޓަލް / 1 ޖާގަ
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ
  • ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ

 

އެ ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ކެންޑިޑޭޓް އިހްތިޔާރުކުރާ މަތީތައުލީމުދޭ މަރުކަޒަކީ އަދި ކިޔަވާ ޕްރޮގްރާމަކީ، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ މަރުކަޒެއްކަމާއި، ކޯހެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

އެ ސްކޮލަޝިޕްްތަކަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *