logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކާނަލް ނާޒިމް

އެމްއެންޕީގެ ރިޔާސީ ޓިކެޓް، އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމަށް ލިބިއްޖެއެވެ.

ނާޒިމަށް ޓިކެޓް ކަށަވަރުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމް ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީގެ) ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ މިއަދު 14:00 ގައެވެ.

އެމްއެންޕީގެ އިސް ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމްއާއި ވާދަކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން، 2023ގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި ހަމަޖެހިގެންދާނީ ޕާޓީގެ ރައިސް ނާޒިމް ކަމުގައެވެ.

 

އެމްއެންޕީ އުފެދުނުފަހުން އެޕާޓީން އަންނަނީ ބައި އިލެކްޝަންތަކުގައި ވާދަކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *