logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ނައިބު ރައީސް އައްޑުއާއި ފުވައްމުލަކަށް ފުރާވަޑައިގެންފި

އައްޑުއާއި ފުވައްމުލަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސް ފައިސަލް ނަސީމު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ދަތުރުފުޅުގައި އައްޑޫ ހުޅުމީދޫ ހެލްތު ސެންޓަރުގައި އަލަށް ފަށާ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވައިދެއްވާނެ އެވެ. ފުއައްމުލަކު ހޮސްޕިޓަލްގެ އާ އިމާރާތް ވެސް އެމަނިކުފާނުގެ ދަތުރުފުޅުގައި ހުޅުވައިދެއްވާނެ އެވެ.

ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ތައުލީމީމަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާ ނައިބު ރައިސް ޝަރަފުވެރިކޮށްދެއްވާނެ އެވެ.

އައްޑުއާއި އާއި ފުވައްމުލަކުގެ އުމްރާނީ ތަރައްގީއަށް ޓަކައި ހިންގަމުން މަޝްރޫޢުތައް ވެސް ނައިބުރައީސް ބައްލަވައިލައްވާނެ އެވެ. އަދި އައްޑުއާއި ފުވައްމުލަކުގައި ހުރި ދައުލަތުގެ އިދާރާތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *