logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕް އަށް ހުޅުވައިލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕް އަށް މިއަދު ހުޅުވައިލައިފި ހުޅުވައިލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން އިން ބުނީ މިއީ މި ސްކޮލަރޝިޕް ދޭ ދެވަނަ އަހަރު ކަމަށާ، ފުރަތަމަ ބެޗްގެ ކިޔެވުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރިޔަށް ދާކަމަށެވެ. ފުރަތަމަ ބެޗުގައި 12 ދަރިވަރުންނަށް ފުރުސަތު ލިބިފައިވާކަމަށް ބުނެފައިވެއެވެ. ސްޓައިޕެންޑިއަމް ހަންގޭރިކަމް އާއި ދިވެހި ސަރުކާރުގެ ހިލޭ އެހީގެދަށުން މިއަހަރު އިއުލާން ކުރެވިފައިވަނީ 25 ފުރުސަތަކަށެވެ.

އެއީ:

  • 8 ބެޗްލަރސް ޑިގްރީ
  • 14 މާސްޓަރސް ޑިގްރީ
  • 3 ޕީ.އެޗް.ޑީ / ޑީ.އެލް.އޭ

 

"މި ސްކޮލަރޝިޕްގެ ލިބޭފަރާތްތައް ހޮވުމަށް ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވޭ. މި ނޮމިނޭޓްކުރެވޭ ކެނޑިޑޭޓުންގެތެރެއިން ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުން،" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހަންގޭރީގެ ޔުނިވަރސިޓީތަކުން ކިޔެވުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕްއަށް ހުށައަޅަންގެހޭ އެންމެ ފަހުގެ މުއްދަތަކީ 16 ޖެނުވަރީ 2023 ވާ ހޯމަދުވަހުގެ 14:00 އަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *