logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގީ މިއަދު 14:30 ގައި ބުރިޖް ލައިޓްކައިރީގައި ކާރަކާއި ސައިކަލެއްޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މިއަދު 13:00 ގައިވެސް މާލެ ސިޓީގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 ސައިކަލް ޖެހިގެންނެވެ. މިއެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އަންހެނަކާއި 3 ފިރިހެނުންނަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި މީހުންގެ ތެރެއިން 23 އަހަރުގެ އަންހެން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ. އަދި އަނެއް ސައިކަލުގައި އިން ފިރިހެން މީޙާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *