logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިލްވާން މަރާލި މައްސަލައިގެ ތަހުގީގުގައި ރައީސް ޔާމީނު ހަނުހުންނެވީ ކީއްވެބާ؟

ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގަކީ އެމީހެއްގެ އަމިއްލަ ރުހުމާ ނުލާ އެމީހެއް އަމިއްލަ ނަފްސުގެ މައްޗައް ބަޔާންދީގެން އެމީހާ އަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ދެވިފައިވާ ހައްގެކެވެ.

އާންމުކޮށް ޖިނާއީ އަދުލުގެ ނިޒާމުގައި ހަނުހުރުމުގެ ހައްގު ތަހުގީގައި އަދި ކޯޓުގައި ބޭނުން ކުރަނީ ކްރައިމްސީނުން ހައްޔަރުކުރެވޭ މީހުންނާއި އަދި ވަރަށް ބޮޑެތި ހެކިތައް އެމީހާ އާއި ދެކޮޅަށް ހުންނަ ފަރާތްތަކެވެ.

މިފަހުން މަރުކޮމިޝަނަށް އާންމުކުރި މައުލޫމާތަށް ބަލާއިރު ރިލްވާން ގެއްލުވާލުމުގައި އުޅުނު ގިނަފަރާތްތަކާއި ރައީސް ޔާމީން ގާތް ގުޅުމެއް އޮތްކަން ހާމަވެއެވެ. ރިލްވާން ގެއްލުވާލެވުނީ ސީދާ ރައީސް ޔާމީންގެ އޯޑަރަށް ކަމުގައި ނުވިޔަސް އެއަށް ފަހު އެކަން ކުރިމީހުން ރައީސް ޔާމީނަށް އެތައް ކަމެއް ފީޑް ކޮށްގެން އެތައް ކަމެއް ރައީސް ޔާމީނު ކޮށްފައި ވާކަމުގެ ހެކިތައް ވަނީ ލިބިފައި ކަމަށް މަރުކޮމިޝަނުން ވަނީ ޕްރެސް ކޮންފަރެންސް ގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރިމީހެއް ހަނުހުރުން !

ރައީސް ޔާމީނަކީ ހުރިހާ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރަން މާތް ﷲ ގަންދީ ހުވާކޮށްގެން ހުރި ފަރާތަކަށް ވީއިރު ދިވެހި ރައްޔިތެއް ގެއްލިގެން އުޅޭ މައްސަލައެއްގައި އަދި ރައީސް ޔާމީނަށް އެތައް ތުހުމަތެއް ކުރެވޭ މައްސަލައެއްގައި ހަނުހުރުމަކީ އާދައިގެ ކަމެއްނޫނެވެ.

ތަހުގީގަކީ އެމިހެއްގެ ދިފާއުގައި ވާހަކަ ދައްކާ އަދި އެނގިހުރި މިންވަރަކުން ތިމާއަށް އެމައްސަލައިގައި އިނގޭ މައުލޫމާތެއްދީ އަދި އަމިއްލަ ދިފާއުގައި ހެކި ހުށަހަޅަން ވެސް ލިބޭ ފުރުސަތެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ދަރިއަކު ވަގައްނަގައި މަރާލައިގެން އުޅޭ މައްސަލައެއްގެ ތަހުގީގަށް އެއްބާރުލުން ދިނުމަކީ ގައުމުގެ ރައީސް ކަން ކޮށްފައި ހުރި މީހެއްގެ ގައުމީ ވާޖިބެކެވެ. އަދި ޒިންމާއެކެވެ.

ރައީސް ޔާމީނު ހަނުހުރުމުން ދޭހަވަނީ އެމައްސަލައިގައި ރައީސް ޔާމީނު އެތައް ކަމެއް ފޮރުވަން ބޭނުންފުޅުވާކަމެވެ. ނުވަތަ އެމަނިކުފާނުގެ މައްޗައް ހުރިހެކިތަކުން އެމަނިކުފާނު ދޭބަޔާން އެސާބިތު ހެކިތަކާއި ފުށުއަރާނެތީ ޖެހިލުންވުމެވެ. އަމިއްލަ އެކައުންޓަށް ފައިސާ ވަދެފައިވާ ވޮޑަމުލާ ފަދަ މައްސަލަތަކުގެ ތަހުގީގު ތަކުގައި ހަނު ނުހުންނަވާ ޖަވާބުދާރީވެފައި، ރިލްވާން މައްސަލައިގައި ހަނުހުރުމަކީ ވަރައްގިނަ ހަގީގަތްތައް އޭގައި ފޮރުވިފައި ވާނޭކަމަށް ބެލެވިދާނެ ކަމެކެވެ.

ރިލްވާން ގެއްލުމައްފަހު ރައީސް ޔާމީނާ ފުރަތަމަ މީޑިއާއިން ރިލްވާން ގެއްލިގެން އުޅޭ މައްސަލަޔާމެދު ސުވާލު ކުރުމުން ދެއްވި ރުންކުރު ފަރުވާކުޑަ ޖަވާބުތަކާއި ރިލްވާން އާއިލާއިން އާދޭސް ކުރުމުންވެސް އެއާއިލާޔާއި ބައްދަލުނުކުރެއްވުމާއި ކެބިނެޓް ވައިބަރ ގްރޫޕް ގައި ހޯމްމިނިސްޓަރު އުމަރު ނަސީރަށް ރިލްވާން މައްސަލަ އެހާމުހިއްމު މައްސަލައެއްގެ ގޮތުގައި ނުބަލައި މަޑުޖައްސާލަން އެންގުމާކީ ވެސް ސުވާލު އުފެދޭ ކަމެކވެ.

ރައީސް ޔާމީން އަށް ރިލްވާން ވަގަށްނަގާ މަރާލި ގޮތް އެކަމުގައި ބައިވެރިވީ މީހަކު ކިޔައިދިނުން!

ރިލްވާން ގެއްލުވާލިކަމަށް މަރުކޮމިޝަނުން ބުނާ މީހަކު 2017 ވަނަ އަހަރު ރައީސް ޔާމީން އާއި ބައްދަލުކޮށް އެމީހާގެ ބައިވެރިވުން ފިޔަވާ ހުރިހާ ތަފްސީލެއް ރައީސް ޔާމީނަށް ކިޔައިދިންކަމުގެ ހެކި މަރުކޮމިޝަނަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ރުޅިގަދަވެގެން ވާހަކަ ދައްކަމުން ރިލްވާން ވަނީ މަރުވެފައޭ ވިދާޅުވެވުނީ އެމަނިކުފާނުގެ ސަބްކޮންޝަސް މައިންޑް އިން ވިސްނަމުން އެމީހަކަށް އެނގޭ މައުލޫމާތެއް ބޭއިހުތިޔާރުގައެވެ. އެހެންވެ އޭރުވެސް އެމަނިކުފާނަށް ރިލުވާން ވަނީ މަރާލާފަކަން އޭރުގައިވެސް އެނގޭކަމަށް އިތުރު ބާރުލިބިދެއެވެ.

ރައީސް ޔާމީން ރިލްވާން މައްސަލައިގައި ހަނު ހުންނަވާފައި އެމައްސަލަ މަރުކޮމިޝަނުން ހާމަކުރިތާ 24 ގަޑިއިރުވީއިރުވެސް ރައީސް ޔާމީންގެ ހިލަމެއްނެތެވެ. ޕީޕީއެމް ލީޑަރޝިޕް އިން ޑިފެންސައް ވެއްޓިގެން ޕްރެސް ކޮންފަރަންސް ބާއްވާ އަދި ވަކީލުން އަބުރުގެ ދައުވާ ކުރާނެކަމަށް ބަޔާން ނެރިފައިވާއިރު ރައީސް ޔާމީން ހުންނެވީ އަދިވެސް ހަނުހުންނަވައިގެން ގެކޮޅުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާމީނު ރައްދު ދެއްވާނެކަމައް ނެރުއްވި ރިޕޯޓެއްތޯ އެއީ..މަރުކޮމިސަނުން ޔާމީނައް އިންގޭކަމައް ބުނާއިރު ޔާމީނާ އެކަމާގުޅިގެން ސުވާލެއް ނުކުރެއްވީ ކީއްވެގެންތޯ. އެހެންކަމުން ރިޕޯޓް ނުނިމެއެއްނުން ތޯ..

  2. ނޫސްތަކުގައި މިފަދަ ވާހަކަ ސާބިތެއްނެތް ހެއްކެތްނުވާ ކަންތަކާއި އަޅުވައި ޤައުމުގެ ރައީސްކަންކުރެއްވީ ދައުރުގައި ހިނގާފައިހުރި މަރުގެމައްސަލަތައް އަޅުވައި ޝާއިޢުކުރުމަކީ ވަރަށް ދެރަކަމެއް. ޑރ. ޢަފްރާޝީމްގެ މަރުވެސް ޔާމިން ގެ އިސްތަށިފުޅުގައި. ހިތާމަޔަކީ މިޤައުމުގައި އެބައޮތް ދީނުގައި ބަޔަކުމީހުން ކަންތައްކުރާގޮތާއި މެދު ފާޅުގައި ދެކޮޅުވެރި އެކަންތަކަށް ހަޖޫޖަހާ މީހުން. މިފަދަކަންތައްކުރާ މީހުންނަށް އިންޒާރުދިނުމަށްފަހު ދެންއެފަދަ ކަމެއްކޮށްފިއްޔާ އެމީހުންގެ ދަރުބާރުން ޙުކުމްއިއްވަނީ ގުނަވަންތައް ބުރިކޮށްލާފަ ޤަތުލުކުރުން. ޑރ. އަފްރާޝީމްވެސް ނިމިދިޔައީ އެގޮތަށް. ރިޒްވާން ވެސް ހަމައެއް ނިމުމެއް ޔާމީންރަޝީދުވެސް ހަމަ އެނިއްމުމުން ނިއްމާލީ. ސަރުކާރުގެ އިދާރާތަކުން މިޖަމާޢަތް އޮތްކަން އެގި ޖަމާޢަތުގެ އިސްމީހުން ހޯދަންއެއްވެސް މަސައްކަތެއް ނުކުރޭ! އިންސާނުންގެ ތެރެއިން އުފެދޭ ބައެއް ކިހިނެއްތޯ އެގޭނީ ރާއްޖޭގެ ދެބާރުތެރޭ އެމީހުންގެ ބަޔަކު ނުވާކަން.

  3. ޢެއްކަލަ މޮޔަޥާހަކަ ނުދައްކާ…ވެރިކަން ކޮށްފަ ހުރި މީހެއް ވިޔަސް ހަނުހުރެވޭނެ…ތިބުނާ އިންސާފް ވެރި ކޮށެއްނޫން ޔާމީނާ ދޭތެރޭގަ ކަންތައް ކުރަނީ ކީ…ޕީ ޖީ އޮންނާނެ ދައުވާ އުފުލަން ވީ…ބްރިޖް ގެ ފެއިލިއަރ ފޮރުވަން ކެންޕެއިން ކާޑެއް ތިކުޅެނީ….ސައުދު ބުނި ގުޅުމެއް ނެތޭ…ސިޔާސީ އަކަސް ބޮޑު ވަރުތީ….

  4. ޔާމީން އަކީ އަބަދުވެސް ހުރިހާ ކަމެއް ކުރުވާފަ އެންމެ ކައިރީގައި ހުންނަ މީހާ ގުރުބާން ކުރާ ވަރަށް އަނިޔާވެރި މީހެއް. ޔާމީން އެއްވެސް އިންސާނެއްގެ މައްޗައް އެއްވެސް އަގަލެއް ކުލުނެއް އިހުސާންތެރިކަމެއް އިންސާނިއްޔަތެއް ނުހުންނާނެ. އޭނަ ނޫން އެހެން މީހުންނަކީ ނަޖިހުން. ފިރުއައުނު ގެންގުޅޭ ވިސްނުން ގެންގުޅޭ މީހެއް. ވަރަށް ނުރައްކާތެރި މީހެއް. ހަމައެކަނި ޔާމީން ތަބާވަނީ ކާފަރު ޖިންނި އަށް. ސިހުރު ރަސްގެފާނެއް

  5. މަހީކުރީ ތި މަރުކޮމިށަންވެސް މަރުވިތާ އެތަކެއް އަހަރު ވެއްޖެ ކަމަށެވެ. ކުއްލިއަކަށް ވެނޓިލޭތަރުން ނިކުމެ ހާދަ ބުންވަރަކާއިއެކު ކުޅެންފެއްޓީ ދޯއެވެ. ފުރިފާހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ޝޭޚު އިމްރާނުގެ މޭޑޭ ސްޕީޗް ބަޔަކާ ތި ރިޕޯޓް ހާދަ ވައްތަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *