logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ގިރާވަރުފަޅު

ގިރާވަރު ފަޅުގައި ސިޓީ ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ

ބިން ހިއްކައިގެން ގޯތިދޭން ސަރުކާރުން ނިންމާފައިވާ، މާލެ އަތޮޅު ގިރާވަރު ފަޅުގައި ސިޓީއެއް ތަރައްގީކުރަން އިންވެސްޓްކުރާނެ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ގިރާވަރުފަޅުގައި ތަރައްގީކުރާ ރެސިޑެންޝަލް ސިޓީ އަށް އިންވެސްޓްކުރަން އެދޭ ފަރާތްތަކުން އެ މަޝްރޫއަށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަނީ ފަސް މިލިޔަން އެމެރިކާ ޑޮލަރު ( 77.1 މިލިޔަން ރުފިޔާ) އެވެ. އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބަދަލުގައި ލިބޭނީ އެ އިއުލާނުގައިވާ ގޮތުން ، ޓޫރިޒަމްގެ ވިޔަފާރި ކުރާނެ ރަށެއް ނުވަތަ ފަޅެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ގިރާވަރު ފަޅުގައި ތަރައްގީކުރާ ސިޓީއަށް އިންވެސްޓްކުރަން އެދޭ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގެ "އިންވެސްޓް މޯލްޑިވްސް" ޕޯޓަލް މެދުވެރިިކޮށް އިއްޔެއިން ފެށިގެން ނަންނޯޓުކުރެވޭނެ އެވެ.

ގިރާވަރު ފަޅަށް އިންވެސްޓްކުރާ ފަރާތްތަކަށް ދޫކުރާ ރަށް ނުވަތަ ފަޅުގެ އިކްއިިޒިޝަން ކޮސްޓަށްވާ ފައިސާ އެ ފަރާތަކުން އިންވެސްޓްކުރާ ފައިސާއިން ހަމަޖެއްސޭނެ އެވެ. އެހެން ނަމަވެސް އިންވެސްޓްކުރާ ފައިސާއަށް ވުރެ އިކްއިޒިޝަން ކޮސްޓް ބޮޑު ނަމަ އިކްއިޒިޝަން ކޮސްޓަށް ވާ ފައިސާ އެ ފަރާތަކުން ދައުލަތަށް ދައްކަން ޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ގިރާވަރު ފަޅަށް އިންވެސްޓްކުރަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، އެ ފުރުސަތު ބަންދުކުރިކަން ސަރުކާރުން އިއުލާނުކުރުމާ ހަމައަށް ދެމި އޮންނާނެ އެވެ.

އިންވެސްޓްކުރަން އެދޭ ފަރާތްތަކުން އެޕްލިކޭޝަންތައް ހުށަހަޅާނީ investmaldives@trade.gov.mv މެދުވެރިކޮށެެވެ.

ގިރާވަރު ފަޅުގައި ރެސިޑެންޝަލް ސިޓީއެއް ތަރައްގީކުރަން ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތިދުވަހު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ،

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *