logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލެ ސަރަހައްދުގެ ފަގީރުންގެ ދަފްތަރުގައި ނަންނޯޓުކުރަން ހުޅުވާލައިފި

މާލޭ ސަރަހައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާ ގޮތުން، އެ މިނިސްޓްރީ އިން އެކުލަވާލެވިފައިވާ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ  އަންނަ ބުރާސްފަތި ދުވަހު އެވެ.  އެ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަަހާ ހަމައަށް  ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފޯމު ހުށައެޅޭނެ ކަމަށާއި އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމަށާއި އެހެންކަމުން އެފަރާތްތައް އެ ދަފްތަރުގައި އަލުން ރަޖިިސްޓްރީވާކަށް ނުޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ