logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކަށް ނާޝިޒް!

ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ގާތް ގުޅުމެއް އޮންނަ ކިނބުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

ނަމަވެސް އެޕާޓީން ރަސްމީކޮށް މިކަން އަދި އިއުލާނެއްް ނުކުރެއެވެ. ނަމަވެސް މިނިވަންއަށް މިކަން ވަނީ ކަށަވަރުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަންވެސް ކުރައްވާ ނާޝިޒްއަކީ ރައީސް ސޯލިހު ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ ވަރަށް ވާދަވެރި އިންތިހާބުތަކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކޮންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް އެޕާޓީން ވާދަކުރައްވާނެކަމަށް ބެލެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *