logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އަކްރަމް އިންތިހާބުކޮށްފި

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިހާބުވެއްޖެއެވެ.

މި އިންތިހާބު އަކްރަމް ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.  އިންތިހާބުގައި 4129 މީހުން ވޯޓުލާފައިވާ އިރު، އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވީ 2،988 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 71 ޕަސެންޓެވެ. މި އިންތިހާބުގައި އަކްރަމާ ވާދަކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލާއި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމެވެ. މީގެތެރެއިން އާދިލަށް 850 ވޯޓް ލިބުނުއިރު ހާޝިމަށް ލިބުނީ 291 ވޯޓެވެ.

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ މަގާމު ހުސްވީ، އެ މަގާމަށް ކުރިން އިންތިހާބު ކުރި އިބްރާހީމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *