logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އިސްމާއީލް މޫސާ(ޖަމްބޯ އިއްސެ}

އިސްމާއީލް ނިޔާވިޔަސް، ވިޔަފާރި ކުރިއަށްދާނެ، މުދާތައް ފޯރުކޮށްދޭނަން: ޖަމްބޯ ފޯވާޑިން

ފުވައްމުލަކުގެ ވިޔަފާރިވެރިޔާ އިސްމާއީލް މޫސާ (ޖަމްބޯ އިއްސެ) ނިޔާވިޔަސް އޭނާގެ ކުންފުނި ޖަމްބޯ ފޯވާޑިންސް ކޮމްޕެނީ ލިމިޓެޑްގެ ވިޔަފާރި ކުރިއަށް ދާނެ ކަމަށާއި އެކުންފުންޏަށް ކަސްޓަމަރުން ދީފައިވާ އޯޑަރުތައް ތާވަލާ އެއްގޮތަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ޖަމްބޯ ފޯވާޑިން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްމާއީލް މޫސާ ކުއްލި ގޮތަކަށް މިދުނިޔެއާ ވަކިވެގެން ދިއުމަކީ އެކުންފުންޏާއި އެކުންފުނީގެ ކަސްޓަމަރުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށާއި އެއީ ނިހާއީ ދެރައެއް ކަމަށެވެ. މިއަދު ނެރު ބަޔާނަކީ އެކުންފުނިން  ބުނި ގޮތުގައި ކަސްޓަމަރުންގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދޭނެތީ ނެރުނު ބަޔާނެކެވެ.

"…މިދަނޑިވަޅަކީ ކަސްޓަމަރުންގެ ހިތްތަކުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިގެންދާނެ ވަގުތެއް ކަމުގައި ވާތީ ދަންނަވަމެވެ. މިކުންފުންޏާ ހަވާލުކޮށްފައިވާ އެތަކެއް ބައިވަރު ކަސްޓަމަރުންގެ މުދާ މިހާރު ވެސް ތާވަލުކުރެވިފައިވާ ގޮތުގެ މަތިން އަމާނާތްތެރިކަމާއި އެކު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ޖަމްބޯ ފޯވާޑިންގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޖަމްބޯ ފޯވާޑިންގެ ވިޔަފާރި މިހާރު ވެސް ކުރިއަށްދާ ގޮތަށް ނުހުއްޓި ކުރިއަށް ދާނެ އެވެ. އެކުންފުންޏާ ގުޅޭނެ ނަމްބަރުތައް ވެސް ބަޔާނުގައި ހިމަނާފައި ވެ އެވެ. އެއީ:

މާލެ އޮފީސް: 7399936 / 777176 / 7824825

ތައިލެންޑް: 621109158 / 997352090

އިސްމާއީލް މޫސާ ނިޔާވީ ސިނަމާލެ ބުރިޖުގައި މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓެއްގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *