logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024
މާލޭ ސިޓީކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ކަށުނަމާދު ޮޕޭޖް ހުއްޓައިލަން އެންގި ވާހަކަ އެކައުންސިލުން ދޮގުކުރި. ފޮޓޯ:މާލޭސިޓީ ކައުންސިލް

ކަށުނަމާދު ޕޭޖް ހުއްޓާލަަން އެންގި ކަމަށް ބުނާ ވާހަކަ ސިޓީ ކައުންސިލުން ދޮގުކޮށްފި

ޖަނާޒާތައް ބާއްވާ މިސްކިއްތަކާއި ގަޑިތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ގެނެސްދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ "ކަށުނަމާދު އެމްވީ" ޕޭޖް ހުއްޓައިލަން އަންގާފައިވާ ކަމަށް އެޕޭޖް ހިންގާ ފަރާތުން ބުނުމުން، މާލޭ ސިޓީ ކައުންސިލުން އެކަން ދޮގުކޮށްފި އެވެ.

ކަށުނަމާދު ޕޭޖް ހިންގާ އަހުމަދު މުނައްވަރު މިއަދު ޖެހި ފޭސްބުކް ޕޯސްޓެއްގައި ބުނީ " ކައުންސިލުން ކުރަންޖެހޭ ކަމެއް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ނުކުރެވޭނެކަމަށް ބުނެ ކަށުނަމާދު އިއުލާންކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން އަޅުގަނޑަށް އަންގައިފި" ކަމަށެވެ.

އެ ވާހަކައަށް ރައްދުދީ މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ އެއީ އެއްްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް ، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމުގައި ދަންނަވަމެވެ. މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަން މައުލޫމާތައްޓަކައި ދަންނަވަމެވެ" މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓްގައި ބުންޏެވެ،

މާލޭ ސިޓީކައުންސިލުން މިހެން ބުނީ ކަށުނަމާދު ޕޭޖް ހުއްޓައިލަން އެންގިކަމަށް  ފޭސްބުކްގައި ގިނަ ބަޔަކު އެކައުންސިލަށް ފާޑުކިޔަން ފެށި ފަހުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *