logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުނިމެނޭޖްކުރުން ހަރުދަނާކުރަން ޖަޕާނުން ރާއްޖެއަށް 80 މިލިޔަން ރުފިޔާގެ އެހީއެއް ދީފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރަން ރާއްޖޭގައި ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން އެހީތެރިވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް 80 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.

ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އެ އެހީ ދިން ކަމުގެ ނޯޓުގައި ދެގައުމުން ސޮއިކުރީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ނޯޓުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސުކޭ އެވެ.

ސުންޝުކޭ ރާއްޖެއަށް ވަޑައިގަތީ ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެއްވި ހާއްސަ ޒިޔާރަތެއްގެ ގޮތުގަ އެވެ.

ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަކީ ރާއްޖޭގައި އަދިވެސް އެހާ ހަރުދަނާ ގޮތެއްގައި ކުރެވެމުން ނުދާ ކަމެކެވެ. އެހެން ނަަމަވެސް އެކަން ހަރުދަނާ ކުރަން ބައިނަލް އަގުވާމީ އެކިއެކި ފަރާތްތަކުގެ އެހީގައި ރާއްޖޭން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތިމާވެށްޓަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަކަށް ތިލަފުށީގައި ކުރަމުން އައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން މިވީ 50 އަހަރުގެ ތެރޭގައި އެގައުމުން ވަނީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތް ގޮތުން ގިނަ އެހީތަކެއް ދީފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *