logo minivan

English

ހޮނިހިރު, 27 ޖުލައި 2024

"ތިންބާރު ވަކިކުރާ ގާ" އަލުން ބަހައްޓަނީ

މާލޭ ލޮނުޒިޔާރަތްކޮޅު ގައި ކުރިން ހުުރި "ބަޖިޔާ ގާ" ނުވަތަ "ތިންބާރު ވަކިކުރާ ގާ" އަލުން ބަހައްޓަން ނިންމައިފިއެވެ.

މި ގަލަކީ ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން ލާފައިވާ ބަޖިޔާ ގަލުގެ ތޮށި ރަމްޒުކޮށްދިނުމުގެ ގޮތުން އޭރު ބެހެއްޓި ގަލެވެ. މިގާ ނަގާފައިވަނީ ސިނަމާލެ ބުރިޖްގެ މަސައްކަތް ކުރަންވެގެންނެވެ. މިގާ އަލުން މި ބަހައްޓަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. މިގާ ބެހެއްްޓުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު އުސްފަސްގަނޑުގައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާއި ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސުކޭ މި ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.

ސުންޝުކޭ ރާއްޖެއަށް ވަޑައިގަތީ ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެެރިވުމަށެވެ.

މި ގަލަށް "ތިންބާރު ވަކިކުރާ ގާ" ކިޔުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން އެމްޑީޕީން އޭރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *