logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިއާ – ގޯޓް ބަހުސް އަށް ނިމުމެއް

ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ކާކު؟ މިއީ ވަރަށް ގިނަ ބައެއްގެ މެދުގައި ކުރެވެމުން އައި ބޮޑު ހިޔާލު ތަފާތުވުން ގިނަ ބަހުސްއެކެވެ.

މެސީ، ރޮނާލްޑޯ، މެރަޑޯނާ އަދި ޕެލޭ އަކީ އެންމެ ގިނަ މީހުންގެ ގޯޓެވެ. ގޯޓު، މި ބަހުގެ މާނައަކީ ގްރޭޓަސްޓް އޮފް އޯލް ޓައިމް ނުވަތަ ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިއާއެވެ.

މިއީ ނިމުމެއް ނެތް ބަހުސްއެކެވެ. އެހެންނަމަވެސް ގަބޫލްކުރަންޖެހޭ ހަގީގަތަކީ މެސީ މިވަނީ ވޯލްޑް ކަޕް ތަށި އުފުލާލާ ފުޓްބޯޅައިގައި ކާމިޔާބުކުރެވެން އޮތް ހުރިހާ އެއްޗެއް ކާމިޔާބުކޮށް ދުވަސްކޮޅަކަށް ނަމަވެސް މި ބަހުސްއަށް ނިމުމެއް ގެނަސްފައެވެ.

މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާކަން އޭނާ ސާބިތުކޮށްދިނީ އުމުރުން 35 އަހަރުގައި އާދައިގެ އާޖެންޓީނާ ޓީމެއް ގޮވައިގެން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއެކުއެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާއްޕޭ ކަމަށް ބުނާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެމްބާއްޕޭ ފައިނަލްގައި ބަލިކޮށް މެސީ މިވަނީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އޭނާކަން ސާބިތުކޮށްދީފައެވެ.

ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ މެސީ އާއި ރޮނާލްޑޯގެ ވާހަކައެވެ. މޮޅީ ކޮންކުޅުންތެރިއެއް ކަމުގެ ޒުވާބުތަކާއި އަޅާކިމުގެ މަޝްވަރާތަކެވެ. ކޮފީ މޭޒުތަކާއި އޮފީސްތަކުގެ އިތުރުން ގޭގޭގެ ސިޓީން ރޫމުތަކުގައިވެސް މިވާހަކަތައް ދެކެވުނެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ދެކުޅުންތެރިންނަކީ އަޅުގަނޑުމެންނަށް ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. އެހެންނަމަވެސް މެސީ މިވަނީ މިރޭހުގައި މާބޮޑަށްވެސް ކުރިއަށް ޖެހިލާފައެވެ. އާޖެންޓީނާ އާއެކު މިހޯދި ބޮޑު ކާމިޔާބީ އާއެކުއެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އެމްބާއްޕޭ ފައިނަލްގައި ބަލިކުރިގޮތަށް ދެން މެސީ އާއި އެންމެ ގާތްކުރާ އަނެއް ދެ ކުޅުންތެރިންގެ މައްޗަށްވެސް މެސީ ފައިނަލެއްގައި ކުރި ހޯދާފައިވާ ކަމެވެ.

މިގޮތުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކުރީ މެސީގެ ޖާދޫއާއެކުއެވެ. 28 އަހަރަށްފަހު އާޖެންޓީނާއަށް ބޮޑު މުބާރާތެއްގެ ތަށި މެސީ ހޯދައިދިނީ ފައިނަލްގައި ވާދަވެރި ބްރެޒިލް އާއި ނޭމާ ބަލިކޮށްގެންނެވެ.

ފައިނަލެއްގައި މެސީ ރޮނާލްޑޯގެ މައްޗަށް ކުރި ހޯދީ 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައެވެ. ރޮނާލްޑޯގެ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް މެސީ ބާސެލޯނާއަށް ޗެމްޕިއަން ލީގުގެ ތަށި ހޯދައިދީ ކެރިއަރުގެ ފުރަތަމަ ބެލޯން ޑި އޯވެސް އެފަހަރު ހޯދިއެވެ.

މެސީ އޭނާ އާއި އެންމެ ވާދަވެރި ކުޅުންތެރިންގެ މައްޗަށް މިހޯދި ކާމިޔާބީތަކާއެކު ގިނަ ބައެއްގެ ދޫތައް ބަންދުކުރުވިއެވެ. އަދި މެސީ އަކީ ދުނިޔެދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ނުވަތު ގޯޓުގެ ލަގަބު ހައްގު ކުޅުންތެރިއާކަން ދުވަހަކަށް ފަހު ދުވަހެއްގައި މިދަނީ ސާބިތު ކޮށްދެމުންނެވެ.

މެސީގެ ވާހަކަ މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މެސީގެ ޖާދޫ އަދިވެސް އަޅުގަނޑުމެންނަށް ފެންނާނެއެވެ. ފަނޑުވުމެއް ނެތެވެ. ތާޖު ދޫކޮށްލުމުގެ ވިސްނުމެއް މެސީގެ ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *