logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކައުންސިލަކުން ހެދި ފުރަތަމަ ކުންފުނި ތޮއްޑޫން ރަޖިސްޓްރީކޮށްފި

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ، ލޯކަލް ކައުންސިލްތަކުން އަމިއްލަ ނަމުގައި ވިޔަފާރިކުރަން ދިން ހުއްދައިގެ ދަށުން ހެދި ފުރަތަމަ ކުންފުނި އއ. ތޮއްޑޫ ކައުންސިލުން ރަޖިސްޓްރީކޮށްފި އެވެ.

ތޮއްޑޫ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، އެކައުންސިލުން ހެދި ކުންފުނީގެ ނަމަކީ އއ. ތޮއްޑޫ އެލްއޭސީ ލިމިޓެޑެވެ. އެ ކުންފުނިން ކުރާނެ މަސައްކަތެއް ކަމަށް ތޮއްޑޫ ކައުންސިލުން ބުނީ ތޮއްޑޫ ކައުންސިލްގެ ޑިވެލޮޕްމެންޓް ޕްލޭންގައިވާ މަސައްކަތްތަކެވެ. ކައުންސިލްގެ ކުންފުނިން އެ މަސައްކަތްތައް ކުރަން ފެށުމުން ހަލުވި ސްޕީޑްގައި ކުރެވޭނެ ކަމަށް ތޮއްޑޫ ކައުންސިލުން ބުންޏެވެ.

"..މިއަދަކީ ލާމަރުކަޒު ކުރުމުގެ ޤާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ފުރަތަމަ ރަޖިސްޓްރީކުރެވުނު ލޯކަލް އަތޯރިޓީ ކޮމްޕެނީ ރަޖިސްޓްރީކުރެވުނު ދުވަސް. އުންމީދަކީ މި ކޮމްޕެނީ މެދުވެރިކޮށް ކައުންސިލްގެ ޑިވެލޮޕްމެންޓް ޕްލޭންގައި ލިޔެވިފައިވާ ކަންކަން ވީއެންމެ ހަލުވި ސްޕީޑެއްގައިކޮށް ތޮއްޑޫގެ ރައްޔިތުންނަށް އެކަމުގެ ނަފާ ލިބިގެންދިޔުން،" ތޮއްޑޫ ކައުންސިލުން ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.

ކައުންސިލްތަކުން ކުންފުނި ހަދައިގެން ވިޔަފާރިއާއި އިގުތިސާދީ އެހެން މަސައްކަތްތައް ކުރެވޭ ގޮތަށް ލާމަޒުކަޒީ ގާނޫނަށް އިސްލާހު ގެނައިތާ ގިނަ ދުވަސްތަކެއް ވީ ފަހުން، އެކަމާ ބެހޭ ގަވައިދު އިކޮނޮމިކް މިނިސްޓްރީން ހެދީ މިދިޔަ އަހަރު އެވެ. އެ ގަވައިދުގައިވާ ގޮތުން. ކައުންސިލަކުން ހަދާ ކުންފުނީގެ ހަމަ އެކަނި ހިއްސާދާރަކީ ކައުންސިލް ނަމަ އެ ކުންފުންޏަށް ކިޔަން ޖެހޭނީ ކައުންސިލް ނިސްބަތްވާ ދާއިރާގެ ނަމެވެ. އަދި އެގޮތުން އުފައްދާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރެވޭނީ ހަމަ އެކަނި ކައުންސިލްތަކުގެ މެދުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *