logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް "އާޓިޝަނަށް" ފައިސާ ދެއްކުމަށް ފީއެސްއެމްގެ މައްޗަށް ހައިކޯޓުން އަމުރުކޮއްފި

ހައިކޯޓުން ވަކިގޮތެއް އަންގަންދެން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ކޮއްފައިވާ ހުކުމް ތަންފީޒު ކުރަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ކޮއްފިއެވެ.

ޕީއެސްމްގެ "އެމްޑީ ބިއުރޯ" ހެދި ކުންފުނި ކަމަށްވާ އާޓިޝަން ޕްރައިވެޓް ލިމިޓެޑަށް އެކުންފުނިން ކުރި މަސައްކަތުގެ އަގު ޕީއެސްއެމްއިން ނުދިނުމުގެ ސަބަބުން އެ ފައިސާ ހޯދުމަށް އާޓިޝަން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅުމުން ސިވިލް ކޯޓުން ވަނީ 4 މިލިޔަން 5 ލައްކަ 16 ހާސް 697 ރުފިޔާ 10 ލާރި އާޓިޝަން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމް ކޮއްފައެވެ. އެއީ މަސައްކަތުގެ އަގަށްވާ 4 މިލިޔަން 5 ލައްކަ 10 ރުފިޔާ ދެލާރިއާއި، ވަކީލު ފީގެ ގޮތުގައި ދޭއްޖެހޭ 16 ހާސް 6 ސަތޭކަ 95 ރުފިޔާއެވެ.

29 އޭޕްރީލް 2021 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އާޓިޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކާ ޚަލާސް ކުރުމަށެވެ. ނަމަވެސް މިފައިސާ ނުދައްކައި ސިވިލް ކޯޓުގެ އަމުރު ޕީއެސްއެމްއިން ހައިކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ތަމްފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ޕީއެސްއެމް އިން ހުށައެޅި މައްސަލަޔާ ގުޅިގެން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިސްތިއުނާފު ކުރި މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެނޫން ގޮތަކަށް ހައިކޯޓުން އަންގަންދެން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ޕަބްލިކް ސާރވިސް މީޑިއާގެ ފަރާތުން އާރޓިޝަން ޕްރައިވެޓެޑަށް ދައްކަންޖެހޭ ފައިސާ އެހުކުމާ އެއްގޮތަށް ސިވިލް ކޯޓަށް ދައްކަމުން ގެންދިއުމަށެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެއްވެސް ފަރާތަކަށް އެފައިސާ ދޫކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޕީއެސްއެމް އެމްޑީ ބިއުރޯ

 މައްސަލައިގައި ކަންހިނގާފައިވާ ގޮތް

މި މައްސަލަޔަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީއެސްއެމްގެ އޭރުގެ ވެރިން ބެލުމުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ. ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި މި ބިއުރޯ ތައްޔާރު ކުރީ އެންމެ ޒަމާނީ ފެންވަރަށެވެ. އާރޓިޝަން ކުންފުނިން މަސައްކަތްކުރީ އެެއްބަސްވި ގޮތަށް އެކުންފުނީގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތުގެ 99 ޕަސެންޓް ނިންމާލާފައިވަނިކޮށް އޭރުގެ ސަރުކާރު ބަދަލުވިއެވެ. ނަމަވެސް އާޓިޝަން ކުންފުނިން އެކުންފުންޏާ ހަވާލުކުރި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލިއެވެ. އަދި މަސައްކަތުގެ އަގު ހޯދުމަށް މަސައްކަތުގެ ތަފްސީލާއި ބިލްތަކާއެކު ޕީއެސްއެމަށް ހުށައެޅުމުން އެފައިސާ ދޭން ޕީއެސްއެމުން އިންކާރު ކުރިއެވެ. ޕީއެސްއެމުން ބުނަމުން ދިޔައީ އެއީ ނުކުރާ މަސައްކަތެއް ކަމަށެވެ.

ޕީއެސްއެމް އެމްޑީ ބިއުރޯގެ މަސައްކަތް ކުރަމުންދިޔައިރުގެ ފޮޓޯއެއް

އާޓިޝަން ޕްރައިވެޓް ލިމިޓެޑުން ދެން ނިންމިީ ޝަރީއަތަށް ގޮސްގެން ފައިސާ ހޯދުމަށެވެ. މިގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުންވެސް ކޯޓުގައި ޕީއެސްއެމުން ބުނެފައިވަނީ އެއީ ނުކުރާ މަސައްކަތެއް ކަމަށެވެ. އަދި އެކުންފުންޏާ ހަވާލުކޮށްގެން ޕީއެސްއެމުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ އަދި ނުކުރާ މަސައްކަތަކަށް އަގު ހޯދަން އުޅެނީ ކަމަށެވެ. މިކަމާ ގުޅިގެން އާޓިޝަންގެ ފަރާތުން މި މަސައްކަތް ކުރިކަން ސާބިތުކުރުމަށް ކިތާބީ ހެކިތަކާއި ޝަފަހީ ހެކިން ހުށައެޅިއެވެ. މީގެތެރޭގައި ޕީއެސްއެމްގެ މުވައްޒަފުންވެސް ހެކީގެ ގޮތުގައި ހުށައެޅިއެވެ. އަދިވެސް ގިނަ ހެކިތަކެއް ހުށައެޅިއެވެ. ޕީއެސްއެމްގެ މުވައްޒަފުން އެކުންފުންޏާ ދެކޮޅަށް ހެކިބަސްދޭނެ ކަން ޔަގީން ވުމުން އެންމެ ފަހުން ޕީއެސްއެމްއިން ވަނީ އެއީ އާރޓިޝަން ޕްރައިވެޓް ލިމިޓެޑުން ކުރި މަސައްކަތެއް ކަމަށް އެއްބަސްވެ އެކަން ލިޔުމުން ކޯޓަށް އަންގާފައެވެ.

މިކަމާގުޅިގެން މިނިވަން ނޫހުގެ ފަރާތުން ޕީއެސްއެމްގެ އޭރުގެ ވެރިންނާ ސުވާލުކުރުުމުން ވިދާޅުވީ، އެ މަަސައްކަތަކީ ޤާނޫނާ ޤަވާއިދާ އެއްގޮތަށް އުސޫލުތަކުގެ ތެރެއިން އާރޓިޝަން ކުންފުންޏާ ހަވާލުކުރި މަސައްކަތެއް ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ ލިޔުންތަކެއްވެސް ޕީއެސްއެމްގައި ހުންނާނެ ކަމަށެވެ. އަދި މި ލިޔުންތައް ތައްޔާރުކުރި މީހުންނާއި ސޮއިކުރި މީހުން ޕީއެސްއެމްގެ ވަޒީފާގައި އަދިވެސް އެބަތިބި ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *