logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރާއްޖެ ސަރަހައްދުގައި ވިލާތައް ހުރިގޮތް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް. ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވަނީ ވައިޓްއެލާޓް ނެރެފައި. ފޮޓޯ:މެޓްއޮފީސް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ގޯސްވެއްޖެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުމް ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑޮވްސް މީޓިއޮރޮލޮގީ ސާވިސް (މެޓް އޮފީހުން) ވައިޓް އެލާޓް ނެެރެފި އެވެ.

މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އަށް ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ވާ ގޮތުން މި ސަރަހައްދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެ އެވެ.

މިދިޔަ ހަފުތާގެ އެކި ދުވަސް ތަކުގައި ވެސް ވަނީ ރާއްޖޭގެ އެކި ސަރަހަތްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކޮށްފައެވެ. ރެއާއި އިއްޔެ ވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައެވެ. ދެ މޫސުން ބެދޭ  ދުވަސް ވަރު ، (ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ، އަދި އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު) ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *