މާލޭގެ ގެއެއްގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ދެމީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު މެންދުރުފަހު 12:21 ގައި ކަމަށާއި އެ ހަމަލާގައި ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ހަމަލާގައި ޒަހަމްވީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
އެ ހަމަލާ ދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.