logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސޯލާރ ހަރުކުރުމަށް ހައިވޭގެ ވަކި ސަރަހައްދުތަކެއް ވަކި ގަޑިތަކެއްގައި ބަންދު ކުރަނީ

ސިނަމާލެ ބްރިޖާ، ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ކުރިއަށް ގެންދާ ސޯލާރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހައިވޭގެ ވަކި ސަރަހައްދުތަކެއް، އެކި ގަޑިތަކުގައި ބަންދު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީސީ)އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދާ 5.6 މެގަވޯޓުގެ ސޯލާރ ޕެނަލް ހަރުކުރުމުގެ މަސައްކަތުގައި މާލެ-ހުޅުމާލެ ލިންކް ރޯޑުގައި "ސްޓްރަކްޗާ" ހަރުކުރުމަށް، ހައިވޭގެ ވަކި ސަރަހައްދުތަކެއް ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ، އާދީއްތަ ދުވަހުން ފެށިގެން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 11:30 އަށް، އަދި މެންދުރު 13:30 އިން 16:30 އަށެވެ.

އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަންދާޒާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށްކަމަށް އެޗްޑީސީއިން ބުންޏެވެ. އެއީ ވޯލްޑް ބޭންކްގެ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވާރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ތައިލެންޑުގެ އެންސިސް ކުންފުންޔާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްއެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *