logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މަސްވެރިންތަކެއް، އެމީހުންގެ މަސައްަކަތުގައި. ރާއްޖޭގެ މަހަށް ޔޫކޭއިން ނަގާ ޑިއުޓީ ކަނޑައިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި. ފައިލް ފޮޓޯ/މިނިވަން

ނަޝީދު ވިދާޅުވަނީ ރާއްޖޭން ޔޫކޭއަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ދެ މަސްތެރޭ ކަނޑައިލާނެ ކަމަށް

ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ކަނޑައިލާނެ ކަމުގެ ޔަގީންކަން  ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ،

އަމިއްލަފުޅު ދަތުރުފުޅެއްގައި ވަޑައިގެން އިނގިރޭސިވިލާތުގައި އުޅުއްވަމުން ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހުން ޑިއުޓީ ކަނޑައައިލާނެ ކަމަށް އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތަށް ރާއްޖޭން އެެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑައިލަން ގިނަ ވެގެން ދެ މަސްދުވަހުގެ ތެރޭގައި ކަނޑައިލާނެ އެވެ.

"މިއީ އުފާވެރިކަމެއް. މިކަން މިވަނީ ރާއްޖެއަށް ހެތޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދޭން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ބޮޑުވުން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުގެ މެމްބަރު ގައުމުތަކުން ރާއްޖޭގެ މަހުގެ އުފެއްދުން ތަކަށް ބޮޑުކޮށް ޑިއުޓީ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިކޮށް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އެރުމުންނެވެ. އެ ލިސްޓަށް ރާއްޖެ ގްރެޖުއޭޓްވީ ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކުޑަކޮށްދޭން އޭރުން ފެށިގެން އެކި ސަރުކާރު ތަކުން އަންނަނީ ޔޫރަޕްގެ ގައުމުތަކުގައި އެދެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *