logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 58 ކައިވެނި

ކައިވެނިކުރާ ތާރީހަކީ ލިޔެފައި އޮންނަ އިރު ރީތި ތާރީހަކަށް ހެދުމަށް ޓަކައި އެފަދަ ތާރީހުތަކާ ދިމާކޮށް ކައިވެނިކުރަން ގިނަ ބަޔަކު އުޅެ އެވެ. މިއަދު (22 ޑިސެމްބަރު، 2022) އަކީ އެފަދަ ތާރީހެކެވެ. މިއަދުގެ ތާރީހު ލިޔާ އިރު އޮންނާނީ " 2022-12-22″ މިހެންނެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު އެކޯޓުގައި ގިނަ އަދަދެއްގެ ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ކަމަށެެވެ. އެކޯޓުގައި މިއަދު ކުރަން  ހަމަޖެހިފައި ވަނީ 58 ކައިވެންޔެވެ. އެއީ ރަސްމީ ގަޑީގައި 25 ކައިވެނި އަދި ނުރަސްމީ ގަޑީގައި 33 ކައިވެންޏެވެ.

މިއަދު އެހާ ގިނަ ކައިވެނިކުރާތީ، ކައިވެންޏަށް ކޯޓަށްދާ ފަރާތްތަކަށް ފަސޭހަކޮށްދޭން ފެމިލީކޯޓުން ވަނީ އެކޯޓުގެ ބޭރުގައި ޓެންޓްތަކެއް ޖަހައިފަ ގޮނޑިވެސް އަތުރައިފަ އެވެ. އެއީ ކައިވެނިކުރަން ކޯޓަށް ދާ މީހުން ގިނަ އިރުތަކެއް ވަންދެން ކޯޓުގެ ބޭރުގައި މަޑުކުރަން ޖެހޭނެތީ ހިޔަލުގައި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *