logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކެމްޕޭނެއްގައި މާލޭގައި ދަމާފައި ހުރި ބެނާތަކެއް. މާލޭ ސިޓީކއުންސިލުން މިއަދު ބުނީ ހުއްދަނެތި ބެނާ ދަމާ ނަމަ ޖޫރިމަނާކުރާނެކަމަށް

ސިޓީ ކައުންސިލުގެ ހުއްދަނެތި މާލޭގައި ކެމްޕޭން ބެނާ ދަމާ ނަމަ ބޮޑު ޖޫރިމަނާއެއް!

މާލޭ ސިޓީ ކައުންސިލްގެ ހުއްދަނެތި މާލޭގެ އާއްމު ތަންތަނުގައި ކެމްޕެއިން ބެނާ ދެމުމާއި ޕޯސްޓަރު ތައްކުރުމަކީ މަނާކަމެއްކަމަށާއި އެގޮތަށް ކަންތައް ކުރާ ފަރާތްތައް ދުވާލަކަށް 1،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އެކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކި އެކި ކަންކަމާ ގުޅިގެން މާލޭގެ އާއްމު ތަންތަނުގައި ބެނާ ދެމުމާއި ޕޯސްޓަރު ހިއްޕުން ފަދަ ކަންތައްތައް ކުރަން އެދޭ ފަރާތްތަކުން ސިޓީ ކައުންސިލަށް އެކަން ހުށަޅަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ އެތެރޭގެ އިންތިހާބުތަކުގައި ކެމްޕޭން ކުރުމަށް ބެނާ ދެމުމާއި ޕޯސްޓަރު ތަތްކުރުމުގެ ހުއްދައަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

"… މަތީގައި ދަންނަވާފައިވާ ބޭނުންތަކަށާއި (ކެމްޕޭން ކުރުމަށާއި) އެކި އެކި ކަންކަމާ ގުޅިގެން މާލޭ ސިޓީގައި ބެނާ ދެމުމަށާއި ޕޯސްޓަރު ހަރުކުރުމަށް އެދޭ ފަރާތަތަކުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށާއި މާލޭ ސިޓީކައުންސިލްގެ ހުއްދަ ނެތި މާލޭ ސިޓީގެ މަގުތަކާއި އާއްމު ތަންތަނުގައި ބެނާ ދެމުމާއި އިޝްތިހާރު ހިއްޕައި ހެދުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ،" ސިޓީ ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.

ކައުންސިލްގެ ހުއްދަ ނެތި ދަމާ ބެނާތަކާއި ޕޯސްޓަރުތައް ނަގައި ނައްތައިލާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ސިޓީކައުންސިލުން މިފަދަ އިއުލާނެއް ކޮށްފައި މިވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، އެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕޭނު ފަށަން ތައްޔާރުވާ ވަގުތެެއްގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *