logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން "އާރަށުގެ" މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހު!

ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން "އާރަށުގެ" މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހަށް ތާވަލްކޮއްފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 2 ދައުވާއެއް އުފުލާފައެވެ. އެއީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިމައްސަލާއިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުންތައް ޚާއްސަ ކުރެވިގެން ދިޔައީ ދެފަރާތުންވެސް ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އެއަށްފަހު، އެންމެ ފަހު އަޑުއެހުންތަކުގައި ކުރިޔަށް ގެންގޮސްފައިވަނީ ހުކުމް އިއްވުމުގެ ކުރިން އޮންނަ ޚުލާސާ ބާޔާންތައް އިއްވުމެވެ.

މި މައްސަލަ ބައްލަވަނީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްލައިގެ އިތުރުން "ފުއްގިރި" މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި އިތުރު މައްސަލަތައް ފުލުހުން އަދިވެސް ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *