logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެންމެ ގަދަ 50 އެކްޓަރުންގެ ލިސްޓުގައި ޝާހުރުކް ހާން

އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާއަކުން ހޮވި މިހާތަނަށް އެންމެ މޮޅު 50 އެކްޓަރުންގެ ބައިނަލްއަގުވާމީ ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއާގެ ތަރިއަކަށް ބޮލީވުޑްގެ "ބާދްސާ" ޝާހްރުކް ހާން ވެއްޖެއެވެ.

އުމުރުން 57 އަހަރުގެ ޝާހުއާ އެކު އެ ލިސްޓުގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޑެންޒެލް ވޮޝިންޓަން، ޓޮމް ހޭންކްސް، އެންތަނީ މާލޮން ބްރޭންޑޯ، މެރިލް ސްޓްރީޕް، ޖެކް ނިކޮލްސަން ފާހަގަކޮށްލެވެއެވެ.

އެ މަޖައްލާގައި ޝާހުއާ ބެހޭ ގޮތުން ހަދާފައިވާ ޕްރޮފައިލްގައި ބުނެފައި ވަނީ ޝާހުރުކް އަކީ ކެރިއަރަކީ އެތައް އަހަރުތަކެއް ވަންދެން މެދު ނުކެނޑޭ "ހިޓް" އެއް ކަމަށެވެ. އަދި އޭނާގެ އެތައް ބިލިއަން ފޭނުން ތިބޭކަމަށްވެސް އެ މަޖައްލާގައި ބުނެފައިވެއެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި "ދޭވްދާސް" އާއި ކަރަން ޖޯހަރުގެ "މައި ނޭމް އިޒް ހާން" އާއި "ކުޗް ކުޗް ހޯތާ ހޭ" އަދި އަޝުތޯޝް ގޯވަރިކަރް ޑައިރެކްޓްކޮށްފައިވާ ސްވަދޭސް ފަދަ ހަތަރު ފިލްމެއްގައި ޝާހު އަދާކުރި ރޯލްތައް އެ މެގަޒިންގައި ވަނީ ހިމަނާފައެވެ.

ޝާހު، ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރާ އެކްޝަން "ޕަތާން" އިންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޯން އަބްރަހަމް އާއި ދީޕިކާ ޕަދުކޯން ހިމެނެއެވެ.

މީގެ އިތުރުން ޑައިރެކްޓަރު އަޓްލީގެ އެކްޝަން އެންޓަޓައިނާ "ޖަވަން" އާއި ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ "ޑުންކީ" އިން ޝާހު ފެނިގެންދާނެއެވެ. ޕެން އިންޑިއާ ޕްރޮޖެކްޓެއް ކަމަށްވާ "ޖަވާން" ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ "ޑުންކީ" ރިލީޒްކުރާނީ އަންނަ  އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *