logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ އެމްޓީޑީން ކުއްވެރިކޮއްފި

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދީ ޓުވީޓް ކުރި މައްސަލަ އެމްޓީޑީން ކުށްވެރިކޮށްފި އެވެ.

އައްޑޫގައި ހުޅު ޖެހި މައްސަލައިގެ "ބަދަލު އަދި އޮތީ ނުހިފި" ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލުކޮށް ޓްވީޓްކުރީ "އައްބާސް އާދިލް ރިޒާ"އެވެ. އޭނާއަކީ ރައީސް ވަހީދުގެ ސަރުކާރުގެ ސްޕޯކްސްޕާރސަންއަކަށް އުޅުއްވި ބޭފުޅެކެވެ.

އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓުގައި ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އިންޑިއާއަކީ އަހަރެމެންގެ އެންމެ ގާތް އަަވަށްޓެރި އަދި ކޮންމެ ވަގުތެއްގައި ވެސް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް،" އެމްޓީޑީގެ ޓްވީޓުގައިވެ އެވެ.

އެމްޓީޑީން މިކަން ކުއްވެރިކޮށް ޓްވީޓްކޮށް ޓްވީޓް ކުރިފަހުން އެމްޑީޕީއާއި އެމްއާރުއެމުންވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށް މިމައްސަލަ ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *