logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މި ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިތަކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް ސޯލިހު

މި ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިތަކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ދާންދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލުކުރީ އުއްމީދުތަކެއް އޮވެގެންކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީވެސް އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަންކަމަށެވެ. އަދި މިއަދު ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ރައްޔިތުންގެ ބޭނުންވި އެތައް ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަަމަ ކަމަކަށް އޭރު އޮތް ހަމަނުޖެހުން. ހަލަބޮލިކަން އިރާދަކުރެއްވިއްޔާ އޭރު އޮތްގޮތަށް މިހާރަކު ނެތް. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް އަނބުރާ ހޯދައިދެވިއްޖެ. ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަކަށް ހުރަހެއް ނެތް މިހާރަކު. ނޫސްތަކުގައި އެދަނީ އެބޭފުޅުން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރަމުން. ހާމަކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް އެ ދައްކަނީ ހުރަހެއް ނާޅަން. އަޅުގަނޑުމެންނަށް އެކަންކަން ބަލައިގަނެވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި އުޅޭ މީހަކަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންނަށް އޭރު ވެރިކަމާއި ހަވާލުވިއިރު، އެންމެ ދުވަހެއްވެސް ނުދޭ ކޮންމެވެސް ރަށެއްގެ ކަރަންޓް ކެނޑިގެން އިންޖީނެއް ބަދަލުކުރަން. ހާއްސަކޮށް ހުކުރުދުވަހު، ރޯދަމަހު، މިއީ ތަކުރާރުކޮށް އަޅުގަނޑުމެންނާ ހިސާބަށް އައި ޝަކުވާއެއް. މިއަދު އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެޝަކުވާތައް މުޅިން ނެތޭ އަޅުގަނޑު ދަންނަވާލާނީ. ފެނަކައިން ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވަނީ." ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *