logo minivan

English

ހުކުރު, 08 ނޮވެމްބަރ 2024
ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ޑްރަގާއި ފައިސާ. ފޮޓޯ: ފުލުހުންގެ އިދާރާ

ބޮޑު އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ޑްރަގް ހޯދައި 17 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދައި، 17 މީހަކު ހައްޔަރުކޮށްފި އެވެ.'

ކަމިޝަނަރު އޮފް ޕޮލިސް މުހައްްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްލަ 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 17 މީހަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްގެން ކަމަށެވެ. އެތަންތަން ބަލައި ފާސްކޮށް، އަތުލައިގަތް މަސްތުވާތަކެތީގެ އިތުރުން ގިނަ އަަދަދެއްގެ ފައިސާ ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަތުލައިގަތް ފައިސާގެ ޖުމްލަ އަދަދަކީ 933،430.ރ އެވެ.

ކަމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި ފުލުހުން އެ އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރިކުރާ ކަމަށް މަޝްހޫރު ގްރޫޕެއްގެ ހަރަކާތްތައް ހުއްޓުވުމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރެއްް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުން ހުއްޓުވަން ފަހަކަށް އައިސް ފުލުހުން ވަނީ ގިނަ އޮޕަރޭޝަންތަކެއް ހިންފައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *