logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދައުލަތުން އެދުނީ ރައީސް ޔާމީނަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި 2 ދައުވާވެސް "އެއްވެއް ޝައްކެތް ނެތް މިންވަރަށް" ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމް ކޮއްފައެވެ. މި މައްސަލަޔާ ގުޅިގެން ދައުލަތުން އުފުލީ ރިޝްވަތު ނެގިކަމާއި މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާއެވެ.

މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ހުކުމާބެހޭ ގޮތުން ވާހަކަދެއްކުމަށް ދެއްވި ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ކުށުގެ ބާވަތަށާއި ކުށްކުރިއިރު ރައީސް ޔާމީން ހުންނެވި މަގާމަށް ބަލައި ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ.

"ރިޝްވަތުގެ ކުށަކީ މަންފާއެއްގެ ގޮތުގައި ކިތަންމެ ކުޑަ މާއްދީ އަދި މާއްދީ ނޫން މަންފާއެއް ހޯދި ނަމަވެސް ފުރިހަމަވާނެ ކުށެއް. ފައިސާގެ އަދަދުން ބަލާނަމަ މި މައްސަލައިގައި މި ހިމެނެނީ އެއް މިލިއަން ރުފިޔާ. އެއް ރުފިޔާ ނަމަވެސް ރިޝްވަތުގެ ކުށް ފުރިހަމަ އެބަވޭ. އެހެންކަމުން މިއީ ގާނޫނުލްއުގޫބާތުގެ ދަށުން ތިން ދަރަޖަ މަތިކުރެވޭނެ ހާލަތެއް," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން އެދުނު ގޮތަށް ހުކުމް ކޮއްފިނަމަ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

އަދަބާ ގުޅޭ ގޮތުން ދިފާއަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އެދުނީ މަޝްވަރާ ކޮށްލުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ. އެހެން ކަމުން ޝަރީއަތް 2 ގަޑިއިރަށް މެދުކަނޑާލެއްވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *