logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޗައިނާގެ ރަން މައިނެއްގައި ތާށިވި 18 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގައި ހުރި ރަނުގެ މައިނެއް ވެއްޓި އަޑީގައި ތާށިވެފައި ތިބި 18 މީހުންނާ ހަމައަށް ވާސިލުވުމަށް ސަލާމަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ކަޒަކިސްތާނުގެ ބޯޑަރާ ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައި އޮންނަ ޔިނިންގް ކައުންޓީގެ މައިން ވެއްޓުނު އިރު، އެ މައިންގައި 40 މީހުން މަސައްކަތް ކުރަމުން ދިޔައެވެ. ތާށިވި މީހުންގެ ތެރެއިން 22 މީހަކު ސަލާމަތްކޮށްފައިވާއިރު 18 މީހަކު ތާށިވެފައި އެބަތިބިއެވެ.

މިފަހަކަށް އައިސް ޗައިނާގައި މައިން ސޭފްޓީ ރަނގަޅުވި ނަމަވެސް، ތަންތަނުގައި އެކްސިޑެންޓްތައް އަދިވެސް ވަރަށް ގިނައިން ހިނގައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅަނގު އުތުރުޕްރޮވިންސް ކަމަށްވާ ކިންގްހައިގައި ކޯލް މައިންއެއް ވެއްޓުމާ ގުޅިގެން އަޑީގައި ތާށިވެފައި ތިބި 19 މައިނަރުން މަރުވިއެވެ. އެ މީހުން މަރުވެފައޮ ތިއްބާ ގިނަ ދުވަސްތަކެއް ފަހުންނެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުތުރުޝަންޝީ ޕްރޮވިންސްގައި ފެންބޮޑުވި ކޯލް މައިންއަކުން 20 މައިނަރުން ސަލާމަތްކޮށްފައިވާއިރު، އިތުރު ދެ މީހަކު ވަނީ މަރުވެފައެވެ.

ޗައިނާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ރަން އުފައްދާ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 370 މެޓްރިކް ޓަނުގެ ރަން އުފެއްދިއެވެ. 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެންމެ ގިނަ ރަން އުފައްދާ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *