logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭ ސިޓީކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ކަށުނަމާދު ޮޕޭޖް ހުއްޓައިލަން އެންގި ވާހަކަ އެކައުންސިލުން ދޮގުކުރި. ފޮޓޯ:މާލޭސިޓީ ކައުންސިލް

ރައީސް ޔާމީން އަށް ކުރިހުކުމަކީ ދިވެހި އުންމަތަށް ލިބުނު ނިކަމެތި ކަމެއް: މާލޭސިޓީ ކައުންސިލް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ކުރިހުކުމަކީ މާލޭ ސިޓީ އާއި މުޅި ދިވެހި އުންމަތަށް ލިބިގެންދިޔަ ނަކަމެތި ކަމެއްކަމުގައި މާލޭ ސިޓީ ކައުންސިލްއިން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ މާލޭ ސިޓީ ކައުންސިލާއި ރައްޔިތުން ނިހާއަތަށް ކަންބޮޑުވާކަމަށާއި، އަދި އެމަނިކުފާނުގެ މައްޗަށް މިއިއްވި ހުކުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުނެވުމުން، އެފުރުސަތު އެމަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއްކަމުގައެވެ.

ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުއިން ނުހައްގުން ޖަލު ހުކުމެއް ކޮށްފައިވާކަމަށާ އަދި އެހުކުން ވަނީ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައި ކަމުގައި ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

…"ސައްކެއްނެއް ގޮތުގައި މި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއްކަމާއި، ހުކުމްކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއެކުކަން އެނގި ހާމަވެއެވެ". ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމިންއަށް ކޮށްފައިމިވާ ހުކުމުން ފެންނަނީ އަދުލު އިންސާފުގެ ނިޒާމު ބޮސުންލައިފައިވާ މިންވަރުކަމަށާއި، މިކަނުގައި ރައީސް ޔާމިން އަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން އަޑުހަރުކޮށް ގޮވާލާކަމުގައި މާލޭ ސިޓީކައުންސިލް އިން ބުނެފައިވެއެވެ.

ވ. އާރަށުގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. މި ހުކުމާ ގުޅިގެން އިދިކޮޅު ގުޅިފައިވާ ޕާޓީތަކުން ވަނީ ރޭ މާލޭގައި މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައެވެ. މި މުޒާހަރާއާ ގުޅުގެން ފުލުހުން ވަނީ 16 މީހަކު ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސަރުކާރުގެ ފައިސާއަށް ކިޔާނާތްތެރިވުމުން ލިބޭ ނިކަމެތިކަން އަދި މާ ބޮޑު ނޫންތަ؟ ސަރުކާރުގެ ފައިސާއަށް ކިޔާނާތްތެރި ވިޔަސް ހަމަ އަދަބު ނުލިބެންވީތަ؟ އަދި ޔާމީނުގެ ދައުރުގައި އިދިކޮޅު އެންމެން ޖަލަށް ލީއިރު ދިވެހި ގައުމަށް ގެއްލުމެއް ނުލިބި މިހާރު ކޮން ގެއްލުމެއް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *