logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ކުޅުދުފުށީ ހޮސްޕިޓަލް އާ އޯޕީޑީ / ފޮޓޯ: އެމްޓީސީސީ

ކުޅުދުފުށީ ހޮސްޕިޓަލްގެ އާ އޯޕީޑީގެ އިމާރާތުގެ މަސައްކަތް ނިމުމަކަށް އަތުވެއްޖެ

ކުޅުދުފުށީ ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައި ވަނީ ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ވަނީ އެއްކޮށްު ނިމިފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި މަޝްރޫއުއަކީ ޖުމުލަ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަސައްކަތުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އަދި  އީސީޖީ ރޫމެއް ވަނީ ހަދާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *