logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ވެމްކޯގެ މުވައްޒަފުންތަކެއް . ފޮޓޯ: ވެމްކޯ

ވެމްކޯއިން މާލެއާއި ވިލިމާލެ ސާފުކުރުމާއި ކުނިނެގުން ހުއްޓާލައިފި

މާލެއާއި ވިލިމާލޭގެ އާއްމު ސަރަހައްދުތައް ސާފުކޮށް ކުނި ނަގައި އުކައިލުމާއި ނައްތައިލުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލެއާއި ވިލިމާލޭގެ އާއްމު ތަންތަން ސާފުކުރުމާއި ކުނި އުކައިލުން އެ ކޯޕަރޭޝަނުން ހުއްޓައިލީ އެ މަސައްކަތްތައް ކުރަން މާލޭ ސިޓީކައުންސިލާއި އެކު ސޮއިކޮށްފައި އޮތް އެއްބަސްވުން ނިމުމަކަށް އައުމުން ކަމަށެވެ. އެ އެއްބަސްވުން އާ ނުކުރުމަށާއި އޭގެ ބަދަލުގައި މާލޭ ސިޓީކައުންސިލުން އެ މަސަައްކަތްތައް ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ވެމްކޯއާ ސިޓީކައުންސިލާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔާ އާދީއްތަ ދުވަހު (25 ޑިސެމްބަރު) ގަ އެވެ.

ވެމްކޯއިން ހުއްޓައިލި މަސައްކަތްތައް

  1. މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކާއި ގޯޅިތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކުރުމާއި ކުނި ނަގައި އުކައިލުން އަދި ނައްތައިލުން
  2. ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނިނެގުމާއި އުކައިލުމާއި ނައްތައިލުން
  3. މާލެއާއި ވިލިމާލޭގެ މަގުތަކަށް ގަވައިދާ ހިލާފަށް އަޅާ ކުނި ނަގައި އުކައިލުމާއި ނައްތައިލުން

ވެމްކޯއިން ބުނި ގޮތުަގައި މާލެއާއި ވިލިމާލޭގައި އެ ކޯޕަރޭޝަނުން ދެން ކުރިއަށް ގެންދާނީ ހަމަ ކުނި އުކައިލުމަށް އެކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ އާއްމު ފަރާތްތަކަށް ދޭ ހިދުމަތްތައް އެކަންޏެވެ.

ވެމްކޯއާއި ސިޓީ ކައުންސިލާ ދެމެދު އޮތް އެެއްބަސްވުން ސިޓީ ކައުންސިލުން އާ ނުކުރަން ނިންމި އިރު އެ އެއްބަސްވުމުގެ ދަށުން މިދިޔަ ފަސް އަހަރު ދުވަހު މެދުނުކެނޑި ހިދުމަތް ދީފައިވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުން އުވައިލުމުގެ ސަބަބުން ވެމްކޯއިން ވަކިވާން ޖެހިއްޖެ މުވައްޒަފަކަށް ނަމަ ވަޒީފާ ދޭނެ ކަމަށް ސިޓީކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *