logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޑިސެމްބަރު 29 އިން ޖެނުއަރީ ދެ އަކަށް ބީއެމްއެލް ބަންދު

މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ( އަންނަ ބުރާސްފަތި ދުވަހުން ފެށިގެން) ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ( އަންނަ ހޯމަ ދުވަހާ ހަމައަށް) ބޭންކް އޮފް މޯލްޑީވްސް ބަންދުވާނެ ކަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ކުރު ނޯޓިސް އެއްގައި ބުނީ އެ ދުވަސްތަކުަގއި ބޭންކް ބަންދު ނަމަވެސް ބޭންކިންގެ ހިދުމަތްތައް ސެލްފް ސާވިސް އޭޓީއެމްތަކާއ،ި އިނަޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯއްދެވޭނެކަމަށާއި ބަންދު ދުވަސްތަކުގައިވެސް އެ ބެންކުގެ ކޮންޓެކްޓް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ.

 

 

ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ބޭންކު ބަންދުކުރެއެވެ. އާއަހަރާ ދިމާކޮށް ބޭންކު ބަންދު ކުރާއިރު ދެން ރަސްމީކޮށް ބެންކު ހުޅުވާނީ ޖެނުވަރީ މަހުގެ ދޭއް ވާ ހޯމަ ދުވަހު އެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ