logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވޯލްޑް ކަޕްގައި ވިދާލި ގަކްޕޯ ލިވަޕޫލްއަށް

ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން މަގްބޫލްކަން ހޯދި ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވުނު ނެދަލޭންޑްސްގެ ޒުވާންޑް މިޑްފިލްޑަރ ކޯޑީ ގަކްޕޯ އިންގިރޭސި ޕްރިމިއަރ ލީގުގެ ވަރުގަދަ ބާރު ލިވަޕޫލް އާއި ގުޅިއްޖެއެވެ.

ވޯލްޑް ކަޕްގައި ނެދަލޭންޑްސްއަށް 3 ލަނޑު ޖަހައިދީ މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ގަކްޕޯ ލިވަޕޫލްއަށް ބަދަލުވިކަން އިއުލާން ކުރީ ޓްރާންސްފަރ މަރކެޓުގެ މަޝްހޫރު ނޫސްވެރިއާ ފަބްރީޒިއޯ ރޮމާނޯއެވެ. ރޮމާނޯ ހާމަކުރިގޮތުގައި ނެދަލޭންޑްސްގެ ޕީ.އެސް.ވީ އައިންދޯވަން އިން ލިވަޕޫލްއަށް ގަކްޕޯ ބަދަލުވީ 42 މިލިއަން ޔޫރޯގެ ފީއަކަށެވެ. އެހެންނަނަމަވެސް އިތުރު ބޯނަސްތަކާއެކު ޓްރާންސްފަރގެ ޖުމްލަ ފީ 56 މިލިއަން ޔޫރޯއަށް އަރާނެވެ.

މިއީ ޕީ.އެސް.ވީ އެއިންދޯވަންގެ ތާރީހުގައިވެސް ކްލަބުން ކުޅުންތެރިއަކު އެންމެ އަގުބޮޑުކޮށްވިއްކާލާ ފަހަރެވެ. މީގެކުރިން މި ރެކޯޑްއޮތީ އެކްލަބުން ނަޕޮލީއަށް ވިއްކާލި މެކްސިކޯ ފޯވާޑް ހިރްވިންގ ލަޒާނޯ އަތުގައެވެ. އެއީ 45 މިލިއަން ޔޫރޯގެ ޓްރާންސްފަރ އެކެވެ.

ގަކްޕޯ ވަނީ މިސީޒަންގައި މިހާތަނަށް އެއިންދޯވަންއަށް ކުޅިދިން 24 މެޗުގައި 13 ލަނޑު ޖަހާ 17 އެސިސްޓް ހަދައިދީފައެވެ. މި ޓްރާންސްފަރ އާއެކު ގަކްޕޯއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލް އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގައި ކުޅެވޭނެއެވެ.

މިއީ ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއޭޒް އެންޖެރީވުމާ ގުޅިގެން ލިވަޕޫލްއިން ކުރި ޓްރާންސްފަރއެއް ކަމަށް އިނގިރޭސި މީޑިއާއިން ބުނެއެވެ.

ލިވަޕޫލްގައި މިހާރުވެސް ފޯވާޑް ލައިންގައި މަސައްކަތް ކުރުމަށް ސަލާޙު އާއި ޑާވިން ނޫންނޭޒްގެ އިތުރުން ފިރްމީނޯ އާއި ޑިއޭގޯ ޖޮޓާ އަދި ފަބިއޯ ކަވާލިއޯ އެބަހުއްޓެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *