logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޔާމީނު ހަނުހުންނެވުން، ދިފާއީ ހެކި ސައްހަ ނުވުމުގެ ބޮޑު ސަބަބަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމުގެ މައްޗަށް، ރިޝްވަތު ހިފުމާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުުކުމެއް އިއްވި އިރު އެ މައްސަލައިގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިތައް ވީ ބޭކާރެވެ. އެ ހެކިތައް ބޭކާރު ވުމުގައި ގިނަ އެހެން ސަބަބުތަކެއް ހުރި ނަމަވެސް، ކްރިިމިނަލް ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި ތަހުގީގުގެ މަރުހަލާގައި އެމަނިކުފާނު ހަނު ހުންނެވި ހުންނެވުމަކީ ދިފާއީ ހެކީގެ ބުރަދަނެއް ނެތުނު ބޮޑު ސަބަބެކެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާ ގޮތުން، ޔާމީނުގެ އެކައުންޓަށް ޔޫސުފު ނައީމު ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ "އިނޮސެންޓް" ޑޮލަރު ގަތުމުގެ މުއާމަލާތެއް ނަމަ ތަހުގީގުގެ މަރުހަލާގައި އެކަމުގެ ހެކި ހާމަ ނުކުރައްވާ ހުންނަވާނެ ކަމަކަަށް ޝަރީއަތަކަށް ގަބޫލެއް ނުކުރެވެ އެވެ. އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ސަބަބުވެރި އިންސާނަކު އަވަސްވެގަންނާނީ ކުށުން ބަރީއަ ވެވޭ ފަދަ ހެކި އަތުގައި ހުރީތީ އެ ހެކިތައް ހާމަކުރަން ކަމަށް ވެސް ހުކުމުގައި ވެ އެވެ.

"…ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއުވާނޭ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކި ހާމަނުކޮށް ހަނުހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ. މި ހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް ޝަރީއަތުގައި ހެކި ހާމަކޮށްފައި ވުމުގެ އިތުރަށް ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު ހެކިންގެ ސައްހަ ކަމާ މެދު ސުވާލު އުފެދެ އެވެ." ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެ އެވެ.

ތަހުގީގުގެ މަރުހަލާގައި ޔާމީނު ހަނުހުންނެވި ހަނު ހުންނެވުން، ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ހިލާފެވެ. އެ ގާނޫނުގެ (47) ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މީހަކު ތަހުގީގަށް ދޭ މައުލޫމާތަކީ އޭނާއާ އެއްކޮޅަށް ބޭނުންކުރެވޭނެ މައުލޫމާތެއް ނަމަ އެކަން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަން ޖެހެެ އެވެ. އެހާލަތުގައި ހަނުހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެ މައްދާގައި ވެ އެވެ.

ހުކުމުގައިވާ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގާނޫނުގައި، އެ ހާލަތުގައި ހަނުނުހުރެވޭ ގޮތަށް ކަނޑައަޅާގައި އޮތީ ވެސް، ތަހުގީގުގައި ހަނުހުރުމަށް ފަހު ޝަރީއަތުގައި ދިފާއު ނެގުމުން، އެ ދިފާއުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެތީ އެވެ.

"އަދި މުއްތަހަމާ ދެކޮޅަށް ނުރަނގަޅު އިސްތިދުލާލެއް ކުރުމަށް ކަމަށް ވީ ހިނދު، މިހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް، ޝަރީއަތުގައި ހެކި ހާމަކޮށް، ހެކިންގެ ހެކިބަސް އަދާކޮށްފައިވާ ގޮތުން، މިހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދި ޝައްކު އުފެދެން އޮވެ އެވެ،" ހުކުމުގައި ވެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *