މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވާ ގޮތުން، ގެއްލިގެން ހޯދަމުން އަންނަނީ ލ. މާވަށް، ކުންނާރުމާގޭ، މޫސާ އަނީސް (32) ކަމަށެވެ.
ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސް (32އ) މާލެއިން ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. pic.twitter.com/bV57vsuokz
— Maldives Police (@PoliceMv) December 28, 2022
ފުލުހުން ބުނީ އަނީސް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ގައިކަމެވެ. އަދި އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިންޔެގެ ހަވީރުގެ ވަގުތެއްގައެވެ.
އަނީސް އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް އިގޭ ފަރާތެއްވާނަމަ އެކަން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިލައްވައެވެ.