logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޝިއާއުގެ މަރު: ޝާހިލްގެ މައްޗަށް ފަސް ދައުވާ އެއް އުފުލައިފި

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާ އެއް އުފުލައިފިއެވެ.

މި މައްސަލަޔާ ގުޅިގެން ޝާހިލްގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމާއި، ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ދެން ކުރާ ދެ ދައުވާ އަކީ ކޮން ދައުވާތަކެއްކަން ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، މި 3 ދައުވާގެ އިތުރުން ދެން ކުރާ 2 ދައުވާ މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގުނަވަންތައް ވަކިކޮށް އަނިޔާވެރި ގޮތަކަށް ޝިޔާއު މަރާލާފައި އޮއްވާ ފެނުނީ، އޭނާ އާއި ޝާހިލް ދިރިއުޅެމުން ދިޔަ ހ. ޝީރީންވިލާގޭގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. ޝިއާއު މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ބޮލާއި ހަތަރެސްފައި ވެސް އޮތީ ވަކިކޮށްލައިފައެވެ.

ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް ޝިއާޢު މަރާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *