logo minivan

English

އާދިއްތަ, 03 ނޮވެމްބަރ 2024

އާއަހަރަށް މަރުހަބާ ކިޔުމަށް ހާއްސަ މިއުޒިކު ޝޯއަކާއި ހަވާއެރުވުން

2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ މިއުޒިކު ޝޯއެއް ބާއްވަން ޔޫތު މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

އެމިނިސްޓްރީން ބުދަދުވަހު ކުރި ޓްވިޓެއްގައި ބުނީ "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބާއްވާ މިއުޒިކު ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ (31 ޑިސެމްބަރު) ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކަމަށެވެ. އެ ޝޯގައި ބޮލީވުޑްގެ ލަވަ ކިޔުންތެރިއެއް ކަމަށްވާ ޕައުނީ ޕާންޑޭ ޕާފޯމްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ ޝޯގައި ހަބޭސް ބޯޑުބެރު ގުރޫޕް ވެސް ބައިވެރިވާނެ އެވެ.

އާއަހަރު ފާހަގަ ކުރުމައްޓަކައި ބާއްވާ އެޝޯ ފަށާނީ 31 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ.

ޝޯބޭއްވުމުގެ އިތުރުން އާ އަހަރު ފެށޭ ވަގުތު ހަވާ އެރުވުން މިއަހަރު ވެސް އޮންނާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *