logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ކޮންޑޯގެ އާ އޭ330ނިއޯ މަރުކާގެ މަތިންދާބޯޓެއް ވީއައިއޭގައި ޖައްސައިފި

ޖަރުމަނުގެ ލެޝަރ އެއަރލައިން ކޮންޑޯގެ އާ އޭ330ނިއޯ މަރުކާގެ މަތިންދާބޯޓެއް ވެލާނާ އިންޓަރނޭޝަލަން އެއަރޕޯޓުގައި ޖައްސައިފިއެވެ.

މިއީ  ކޮންޑޯގެ ބޯޓުތަކުގެ ޑިޒައިން ބަދަލުކުރިފަހުން ރާއްޖެއައި ފުރަތަމަ ބޯޓެވެ. ކޮންޑޯގެ މަތިންދާބޯޓުތަކުގެ ބޭރުގެ ކުލަވަރު ބަދަލުކޮއްފައިވަނީ މި އަހަރުގެ މޭއި މަހުގެތެރޭގައެވެ. އެހެން އެއަރލައިންތަކާ ތަފާތުކޮށް ކޮންޑޯގެ ބޯޓުތައް މިހާރު ފަރުމާކޮއްފައިވަނީ ބޯޓު ވަށައިގެން ހުރަސް ރަނގޮދަމައިގެންނެވެ.  

ކޮންޑޯ މަތިންދާބޯޓުތައް ޒީނަތްތެރިކުރުމަށް ހުރަސް ރޮނގުތަކުން ފަރުމާކޮށްފައި ވަނީ ތަފާތު 5 ކުލައަކުންނެވެ. އެއީ ރީނދޫ، ރަތް، ނޫކުލަ، ފެހި އަދި މުށި ކުލައިންނެވެ. 

ކޮންޑޯއަށް އޭ330ނިއޯ މަރުކާގެ މި މަތިންދާބޯޓު ލިބިފައި ވަނީ މީގެ ހަފްތާއެއް ކުރިނެވެ.  އޭ330ނިއޯ މަތިންދާބޯޓުގައި 310 ފަސިންޖަރ ސީޓު ހުންނަ އިރު މީގެތެތޭގައި ހިމެނެނީ 30 ބިޒްނަސް ކުލާހާއި 64 ޕުރިމިއަމް އިކޮނޯމީ އަދި 216 އިކޮނޯމީ ކުލާސް ސީޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *