logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024
ކަސްޓޯޑިއަލް ޖަލެއްގެ ގޮތުގައި ހިންގާ މާލެ ޖަލު. ކަސްޓޯޑިއަލް ޖަލުތަކުގެ ތަކުގައި ތިބޭ މީހުން ޖަނާޒާގައި ބައިވެރިކުރުމުގެ ގަވައިދަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައި. ފޮޓޯ:ޕީއެސްއެމް

ބަންދުގައި ތިބޭ މީހުންނަށް ޖަނާޒާގައި ބައިވެރިވެވޭ އުސޫލަށް ބޮޑު ބަދަލެއް

ތަހުގީގަށް ބަންދުކޮށް، ކަަސްޓޯޑިއަލް ޖަލުތަކުގައި ބައިތިއްބާ މީހުން އާއިލާގެ މެމްބަރުންގެ ޖަނާޒާގައި ބައިވެރިވާން ފުރުސަތު ދޭ އުސޫލަށް ސަރުކާރުން ބަދަލު ގެނެސްފި އެވެ.

ކަަަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާ އުސޫލު ބަޔާންކުރާ ގަވާއިދުގައި ކުރިން އޮތް ގޮތުން އެފަދަ ޖަލެއްގައި ހުންނަ މީހަކު ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މައިންބަފައިންނާއި މާމަ ކާފައިން އަދި އަނބިދަރީންނާއި ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ބަލަަދުވެރިކަން ލިބިފައިވާ ފަރާތްތަކުގެ ޖަނާޒާގައި އެކަންޏެވެ. އެ ގަވައިދު ބަދަލުކޮށް ބުދަދުވަހު ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން، އާއިލާގެ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވާން ފުރުސަތު ދޭ އިރު، އާއިލާ ކަމަށް ބަލާ ފަރާތްތައް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެ ގަވައިދުގެ 38 ވަނަ މާއްދާގެ (ބ) އަށް ނަމްބަރުތަކެއް އިތުރުކޮށް ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނާއި އެއްބަނޑު އެއްބަފާ މީހުންގެ ދަރިން އަދި އެއްބަފާ މީހުންގެ ދަރިންނާއި އެއްބަނޑު މީހުންގެ ދަރިންނަކީ ވެސް ޖަނާޒާއަށް ދޫކުރާއިރު އާއިލާގެ މެމްބަރުންގެ ގޮތުގައި މިހާރު ބަލާނެ އެވެ.

ގަވައިދަށް ގެނައި އަނެއް ބަދަލަކީ ބަންދުގައި ހުންނަ އިރު އާއިލީ ބައްދަލުވުމުގެ ގޮތުގައި ބައްދަލުކުރެެވޭ މީހުންގެ ލިސްޓް ވެސް އިތުރު ކުރުމެވެ. ޖަނާޒާގައި ބައިވެރިވާން ދޫކުރާ އިރު އާއިލާގެ މެމްބަރުންގެ ގޮތުގައި ބަލާ ލިސްޓަށް އެ އިސްލާހުން އިތުރުކުރި ކެޓަގަރީއަށް ވުރެ ވެސް، އާއިލީ ބައްދަލުވުމުގައި ބައިވެރިވެވޭ ކެޓަގަރީ އޮތީ ފުޅާކޮށްފަ އެވެ.

އާއިލީ ބައްދަލުވުމުގައި ބައިވެރިވެވޭ ފަރާތްތައް އިތުރުކޮށް އެ ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައިވާ ގޮތުން، އާއިލީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ފަރާތްތަކުގެ ލިސްޓަށް އިތުރުކޮށްފައި ވަނީ ދޮން ދަރިންނާއި ދޮން މާމައިން އަދި ދޮން ކާފައިންނެވެ.

ގަވައިދަށް މި ބަދަލު ގެނައީ ކީއްވެ ކަމެއް ހޯމް މިނިސްޓްރީން ގެޒެޓްކުރި އިސްލާހުގައި ބުނެފަ އެއް ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *