logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
Pele
ޕެލޭ މަރުވުމުން ބްރެޒިލްގެ ފުޓްބޯލް ފެޑެރޭޝަނުން އާއްމުކުރި އޭނާގެ ފޮޓޯއެއް

ޕެލޭ މަރުވުމުން ބްރެޒިލްގައި ހިތާމަފާޅުކުރުމުގެ ތިން ދުވަސް

ބްރެޒިލްގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ ޕެލޭ މަރުވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރަން ތިން ދުވަސް ކަނޑައަޅައިފިއެވެ.

އެ ނިންމުން ނިންމާފައިވަނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއެވެ.

ޕެލޭ މަރުވީ ކޮލޯން ކެންސަރު ޖެހުމުގެ ސަބަބުން ގިނަ ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ. ޕެލޭގެ ޖަނާޒާ ބާއްވަން އޮންނާނީ އަންގާރަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭނާ އެންމެ ކުރިން ކުޅުނު ސަންޓޯސް ކްލަބްގައެވެ. އެ ކްލަބުން ބުނީ ޕެލޭގެ ޖަނާޒާގެ ކުރިން ސިޓީގެ މަގު މަތީގައި މަގުމަތީގައި ހިތަމާފާޅުކުރުމުގެ ގޮތުން ހިނގާލުމެއް އޮންނާނެ ކަމަށެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގައު ހުކުރު ދުވަހު ވަނީ ޕެލޭ މަރުުވުމުގެ ހިތާމާގައި މެމްބަރު ހުރިހާ ގައުމެއްގެ ދިދަތައް ބައިދަނޑިއަށް ތިރިކޮށްފައެވެ.

ޕެލޭ ހޮވިފައިވަނީ 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައެވެ. ބްރެޒިލްގެ ލެޖެންޑަކީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. ޕެލޭ މަރުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ބްރެޒިލްގެ މިއުޒިކް ލެޖެންޑުން ކަމަށްވާ ކެޓާނޯ ވެލޯސޯ އާއި ގިލްބާޓޯ ގިލް އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ވެރިޔާ ތޯމަސް ބަޗް އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ހިތާމާފާޅުކުރައްވާފައެވެ.

އިންގްލެންޑާއި އިޓަލީ އަދި ފްރާންސްގެ ފުޓްބޯޅަ ލީގުގެ މެޗްތައް ފެށުމުގެ ކުރިން ވަނީ ޕެލޭގެ ހަނދާނުގައު ސުކޫތެއް ގެނެސްފައެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ޕެލޭގެ ހަނދާނުގައި ކުޅުންތެރިންނާއި މެޗްގެ އޮފިޝަލުން ކަޅުކުލައިގެ ބޭންޑެއް އެޅުމަށް ވަނީ ނިންމާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *