logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިދިޔަ އަހަރަށް ވުރެ މިއަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު 5.4 އިންސަައްތަ ދަށް!

ނިމިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެއިން މަސް ބޭރުކުރި އަދަދު މި އަހަރު 5.4 އިންސައްތަ ދަށްވެއްޖެއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2021 އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 69،113.9 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މި އަހަރުގެ އެހާތަނަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 65،392.5 މެޓްރިކް ޓަނުގެ މަހެވެ.

މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ފިނިކުރި ކަޅުބިލަ މަހުގެ ބާވަތެވެ. އެގޮތުން މި އަހަރު 46،812 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ ބޭރުކޮށްފައެވެ. ނިމިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 45،531.8 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.

ނިމިދިޔަ އަހަރާ އަޅާބަލާއިރު ރީނދޫ އުރަހަ ކަންނެލި ބޭރު ކުރުން ވެސް މި އަހަރު ވަނީ ބޮޑުތަނުން ދަށް ވެފައެވެ. 2021 ވަނަ އަހަރު 14،415.3 މެޓްރިކް ޓަނުގެ ކަންނެލި ބޭރުކުރި އިރު، މި އަހަރު ބޭރު ކުރީ 8،328.6 މެޓްރިކް ޓަނުގެ ކަންނެއްޔެވެ. މިއަހަރަކީ ޖުމްލަކޮށް ކަނޅުބިލަ މަހުގެ މަސްވެރިކަން ރަނގަޅު އަހަރެކެވެ. ނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަން ދަށް އަހަރެކެވެ.

މި އަހަރު 7869 މެޓްރިކް ޓަނުގެ ދަޅުމަސް ވަނީ ރާއްޖެއިން ބޭރު ކޮއްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 85 އިންސައްތައިގެ ކުރިއެރުމެކެވެ. ނިމިދިޔަ އަހަރު ބޭރު ކޮށްފައިވަނީ 6،750.2 މެޓްރިކް ޓަނުގެ މަސް ދަޅާއި ބަންދުކޮށްފަ ހުންނަ މަހުގެ ބާވަތްތަކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނާގޮތުން މަހުގެ ހަމަ އަގު ލިބޭނީ ދަޅުގައި ބަންދުކޮށްގެން މަސް ބޭރު ކުރުމުންނެވެ. މިގޮތުން ރޯމަހުގެ ގޮތުގައި މަސް ބޭރުކުރުމުން ލިބޭ އަގުގެ 5 ގުނަ އިތުރަށް ދަޅުގައި މަސް ބަންދުކޮށްގެން ބޭރުކުރުމުން ލިބޭކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *