logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭގެ މަގުމައްޗަށް ކުނި އަޅާފައިވާ ސަރަހައްދެއް އެނގޭނެހެން ސިޓީކައުންސިލުން އާއްމުކުރި ފޮޓޯތަކެއް. އާއްމުކޮށް ކުނި އަޅާ 18 ސަރަހައްދެއް ވަނީ ފާހގަކުރެވިގފައި. ފޮޓޯ: މާލޭ ސިޓީކައުންސިލް

މާލެ ސާފުކޮށް ބޭއްވުމުގެ ހަނގުރާމަ: އާއްމުކޮށް ކުނި އަޅާ ތަންތަނުގެ ލިސްޓެއް!

މާލޭގެ މަގުތަކާއި އާއްމު ތަންތަން ސާފުކޮށް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައި، މަގުމައްޗަށް އާއްމުކޮށް ކުނި އަޅާ ސަރަހައްދުތަކެއް ފާހަގަކޮށް، އެތަންތަނަށް ކުނިއެޅުން ހުއްޓުވަން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އާއްމުކޮށް ކުނި އަޅާ ސަރަހައްދުތަކުގެ ލިސްޓެއް، މާލޭ ސިޓީ ކައުންސިލުން މީޑިއާތަކަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވުމަށް ފަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއިން އެއްވެސް ތަނެއްގައި ކުނި ނުބަހައްޓަން އެދިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އާއްމުކޮށް ކުނި އަޅާކަމަށް ފާހަގަ ކުރެވުނު ތަންތަން

  1. ގަލޮޅު، ބަނަފްސާ މަގު/ގ. ފަހިވާގެ، ރޯޒްމީޑް ކުރިމަތި
  2. ހެންވޭރު ކަރަންކާ މަގާއި އަބަދަށް ފެހިމަގު ގުޅޭ ކަންމަތި
  3. ހެންވޭރު އަބަދަށް ފެހިމަގު/ ހުޅުދޫގެ ކައިރި
  4. ގަލޮޅު މިޔަލަނި ގޯޅި
  5. މާފަންނު ސަބްދެލިމަގު/ ސަތަރުގޯޅި ކަންމަތި
  6. މަންޗަންގޮޅި ސަހަރާ ކައިރި
  7. މައްޗަންގޮޅި، ނިކަގަސްމަގާއި ކުރިކީލަމަގު ގުޅޭ ކަންމަތި
  8. މައްޗަންގޮޅި ހިތިލާގެ( ރެޑްމީ ފިހާރަ ކައިރި)
  9. އަލިރަސްގެފާނު ޒިޔާރަތް ކައިރި
  10. މާފަންނާއި މައްޗަންގޮޅީގައި އަމީނީ މަގުން ވަދެވޭ ގޮތަށް، އެއްކޮޅު ބެދިފައި ހުރި ގޯޅިތައް
  11. ގަލޮޅު ފާށަނާކިލެގެ މަގު/ ދާދަރާ ގޯޅި
  12. ގަލޮޅު ރާދަފަތި ހިނގުން/ ބީޗްނެސްޓް ކައިރި
  13. ހެންވޭރު އެވަޗާންސް ގޯޅިގަނޑު
  14. މައްޗަންގޮޅި ބޮޑުފުޅަށް ގޯޅި
  15. ގަލޮޅު ސަހަރާ މަގު/ ސެންޓުގެ ކައިރި
  16. މާފަންނު ޖަންބުމަގު
  17. ހެންވޭރު ސަހަރާ/ފޫޅުމާގެ ކައިރި
  18. ހެންވޭރު ވައިޖެހޭ މަގު އުތުރުން މަޖީދީމަގު ކަންމަތި

އާއްމުކޮށް ކުނި އަޅާކަން ފާހަގަކުރެވޭ ތަންތަނުގެ ލިސްޓާ އެކު މީޑިއާ ގްރޫޕަށް މުއިއްޒު ފޮނުއްވި މެސެޖްގައި އެދިވަޑައިގެންނެވީ އާއްމު ތަންތަނުގައި ކުނިބަހައްޓާތަން ފެނިއްޖެ ނަމަ ނަސޭހަތްދޭން އެދިވަޑައިގަންނަވާ ކަމަށެވެ. ނަސޭހަތްދީގެން ވެސް ނުހުއްޓުވޭ ނަމަ ފޮޓޯއާ އެކު ސިޓީކައުންސިލަށް ނުވަތަ ސީދާ އޭނާއަށް އެ މައްސަލަ ހުށަހެޅުމަކީ ވެސް މުއިއްޒު ވިދާޅުވި ގޮތުގައި އާއްމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެކެވެ.

ކުނި އަޅާތަން ފެނިއްޖެ ނަމަ އެ ސަރަހައްދެއްގައި ހަރަކާތްތެރިވާ ސިޓީކައުންސިލްގެ މުވައްޒަފުންނަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ ޒީނަތްތެރިކޮށް ބޭއްވުމަކީ އެެންމެންގެ ކަމެއް ގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމާ،" މެސެޖް ނިންމަވައިލައްވަމުން މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އާއްމު ސަރަހައްދުތައް ސާފުކުރަން ސިޓީކައުންސިލުން ޑިސެމްބަރު 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު ކުރި މަސައްކަތުން އެކަނި ވެސް 110 ޓަނުގެ ކުނި ނެގި އެވެ. އެވަރުން ވެސް ކުނީގެ ކަންތައް ހަމައަކަށް ނޭޅުމުން ސަރުކާރުން އެދިގެން ވެމްކޯއިން ވެސް ވަނީ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި އާއްމު ތަންތަން ކުރިން ސާފުކުރަމުން އައީ، ސިޓީ ކައުންސިލާ އެކު އޮތް އެއްބަސްވުމެއްގެ ދަށުން ވެމްކޯއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު 26 ގައި ހަމަވި އިރު ސިޓީކައުންސިލުން ވަނީ އެ އެއްބަސްވުން އާ ނުކޮށްފަ އެވެ. އހެންވެެ މަސައްކަތް މިހާރު ކުރަން ޖެހިފައި ވަނީ ސިޓީކައުންސިލަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *