މިދިޔަ ބުދަދުވަހުގެ ރޭ، ދެމީހުންނާ އެކު ވިލިމާލެއިން ފުރި ފަހުން، ވީނުވީއެއް ނޭނގޭތީ ހޯދަން ފެށި ތެޔޮބޯޓު ހުޅުލޭގެ ނެރުކައިރިން ފެނިއްޖެ އެވެ. އެކަމަކު އެ ބޯޓުން ދަތުރުކުރި ދެމީހުން އަދި ވެސް ނުފެނެ އެވެ.
ތެޔޮބޯޓެއްގައި ވިލިމާާލެއިން ފުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު، 45. އާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓޮން ، 35، އެވެ. ފުލުހުން އިއްޔެ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އެ ދެމީހުން ތެޔޮބޯޓެއްގައި ފުރައިގެން ދިޔަ ފަހުން ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަޕްޑޭޓް:
ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވޭ.
ބޯޓުން ދަތުރުކުރީ އެ ދެ މީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ. https://t.co/FMMck8oVJm
— Maldives Police (@PoliceMv) January 1, 2023
ފުލުހުން މިއަދު ބުނި ގޮތުގައި އެ ދެމީހުން ދަތުރުކުރި ބޯޓު މިއަދު ފެނުނީ ހުޅުލޭގެ ނެރުކައިރިން އޮޔާދަނިކޮށެވެ.
އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ އިދާރާގެ ނަމްމަބަރު 3322111 އަށް ނުވަތަ 9911099 އަށް ގުޅައި އެމައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.