logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނަންވާނެ: މިނިސްޓަރު މަހުލޫފު

ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭކަމީ ހަގީގަތް، އެފުރުސަތު އެރައްޔިތުންނަށްވެސް އޮންނަންވާނެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ޝޯވ ބަލާލުމަށް އާއްމުންގެ ގިނަ ބަޔަކު ހާޒިރުވިއެވެ. މި ޝޯ ބަލަން 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިޔަކަށް މަހުލޫފް ވިދާޅުވިއެވެ.

ލަވަޔާއި މިއުޒިކާއި ގުޅޭގޮތުން ދެކެވޭ އެކި ވާހަތަކާއި ގުޅިގެން މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހިންގެ ތެރެއިން އެތައްހާސް ބަޔަކު ލަވަޔާއި މިއުޒިކަށް ޝައުގުވެރިކާން ރޭ ހާމަވެގެން ދިޔަކަމަށެވެ.

އައު އަހަރަށް މަރުހަބާކިޔުމައް ބޭއްވި މި ޝޯގައި ވަނީ ބޮލީވުޑްގައި އަރަމުންއަންނަ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ލަވަތަކެއް ހުށައަޅާފައެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ރާހުލް ބަޓްގެވެސް ހިއްގައިމު ލަވަތަކެއް ވަނީ ހުށަހަޅާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *