logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޖަލުގައި ހިންގި އޮޕަރޭޝަނާއި ބީއެމްއެެލްއިން ގެނައި ބަދަލާ އެކު ސްކޭމްގެ މައްސަލަ މަދުވެއްޖެ

މާފުށި ޖަލުގައި ދާދިފަހުން ފުލުހުން ހިންގި އޮޕަރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް އިން އެޅި ފިޔަވަޅުތަކާ އެކު ސްކޭމް ކޯލްތަކުގެ މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ރޭ ރާއްޖެޓީވީ "ފަލަސުރުޚީ" ޕްރޮގްރާމްގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ ސްކޭމްގެ މައްސަލަތައް އަދިވެސް ހުށަހަޅާ ކަމަށާއި އެހެން ނަމަވެސް އެފަދަ މައްސަލަތައް ހުށަހަޅާ އަދަދު މަދުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ހިންގި އޮޕަރޭޝަނުގެ އިތުރުން، ސްކޭމް އިން ރައްކާތެރިވާން މީހުން ހޭލުުންތެރި ކުރަން ވެސް ފުލުހުން އަންނަނީ ގިނަ މަސަައްކަތްތަކެއް ކުރަމުންނެވެ.

" ސްކޭމްގެ މައްސަލަތައް ވެސްް ހަމަ ހުށަހެޅޭ ، އެހެން ނަމަވެސް ދާދި ފަހުން އަޅުގަނޑުމެން ޖަލުގައި މި ހިންގި އޮޕަރޭޝަނާއި އަދި ބޭންކުގެ ސެކިއުރިޓީ އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ސްކޭމްގެ މައްސަލަތައް ހުށަހެޅޭ އަދަދުތައް މަދުވާން ފަށާފައިވާކަން ހަމަ ފާހަގަކޮށްލަން،" ރަޖްނީ ވިދާޅުވި އެވެ.

ސްކޭމްގެ ކޯލްތަކާއި ލިންކް ތަކުގެ މަޅީގައި މީހުން ޖެހުނަ ނުދޭން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ފުލުހުން އަންނަނީ އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ސްކޭމް ލިންކްތަކުގެ ބޭނުންކޮށްގެން މީހުންގެ އީމެއިލް ހެކްކޮށް، އީމެއިލަށް އޯޓީޕީ ފޮނުވައިގެން ބޭންކް އެކައުންޓުން ފައިސާ ނެގުން ފަދަ ކަންތައްތައް ވެސް ކުރިން ހިނގާފައި ވެ އެވެ. އެހެން ވިޔަ ނުދިނުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ވަނީ ބޭންކިން އެޕްގެ އޯޓީޕީ ހަމަ އެކަނި ފޯނަށް ލިބޭ ގޮތަށް އެ ނިޒާމު ބަދަލުކޮށްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *