logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވ. އަތޮޅުތެރޭން ފެނިއްޖެ

މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް، ވ. އަތޮޅުގެ އެތެރެވަރިން، ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކަނޑުތެރޭގައި އޮތް އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ސިފަ ވަކިނުވާ ވަރަށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ ވ. އަތޮޅު ވެމްޕަރު ފަރު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މިއަދު ހެނދުނު 9:03 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށެވެ. އެއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވ. އަތޮޅު  ތެރޭން އިންސާނެއްގެ ހަށިގަނޑު ފެނިފައި މިވަނީ މީހުން ގެއްލުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ. އެންމެ ފަހުން ހިނގި އެފަދަ ހާދިސާއަކީ ވިލިމާލެއިން ފުރި ތެޔޮބޯޓެއްގައި ތިބި ދެމީހަކު ގެއްލުމުގެ ހާދިސާއެވެ. އެ ދެމީހުން ދަތުރުކުރި ބޯޓް ފެނުނީ ހުޅުލޭގެ ނެރުކައިރިން އޮޔާާ ދަނިކޮށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *